ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ މުހިންމު މަޝްވަރާތަކަށް ޒަމީރު ގަތަރަށް!

ފޮރިން މިނިސްޓަރު މޫސާ ޒަމީރު --
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ މޫޒާ ޒަމީރު ގަތަރަށް މިއަދު ވަޑައިގެންފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ ގުޅުން ބަދަހި ކުރުމާއި ގުޅުން ހުރި މަޝްވަރާތަކަށް ކުރައްވާ މި ދަތުރުފުޅަށް ފަހު ޒަމީރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށެވެ.

މި ދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީއާއެކު މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޒަމީރު ވިދާޅުވީ ގަތަރުގައި ބާއްވާ ބައްދަލުވުންތަކުގައި، ދެ ގައުމަށް ފައިދާ ކުރުވަނި ދާއިރާތަކުގެ ތެރެއިން ހިޔާލުތައް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

ޚާރިޖީ ގުޅުން ބަދަހި ކުރުމަށާއި، ދާއިރާތަކުގެ ތެރެއިން ބައެއް އެއްބަސްވުންތައް ގާއިމު ކުރާތީ އެކަމުގެ މަޝްވަރާތަކަށް މި ހަފްތާގައި އިތުރު ބައެއް ވަޒީރުން ވެސް ގައުމުތަކަށް ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: