ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގައި އެހީފޯރުވުމާއިމެދު އިނޮކޮނިމިކް މިނިސްޓްރީއިން ޔޫރަޕުގެ އެންމެ ފުންނާބު އުސް އެއް ލޯފާރމާއިއެކު
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އަމިއްލަ އެކްސް އެކައުންޓުން ހިއްސާކުރެއްވިގޮތުން އިކޮނޮމިކް މިނިސްޓްރީއިންވަނީ އެމެރިކާގައި ދެވަނަ އަދި ޔޫރަޕުގައި އެއްވަނައިގައިވެސް ރޭންކު ކުރެވިފައިވާ ލޯ ފާރމް އެއްކަމަށްވާ ޑީއެލްއޭ ޕައިޕާރ އާއިއެކު ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
އެގޮތުން ރާއްޖޭގެ އެސްއީޒެޑްގެ ގާނޫނީ އޮނިގަނޑު ޒަމާނީކޮށް ހަރުދަނާކުރުމަށް އެ ކުންފުނީގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިކަމަށާއި މާލީ މަސައްކަތްތަކާއި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރު ކުލަކުރުމުގައި އެ ކުންފުނީގެ އެހީތެރިކަން ހޯދުމަށް މަޝްވަރާތައް ކޮށްފައިވާކަން ހިއްސާކުރެއްވިއެވެ.

