ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުން ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވި މައްސަލައިގައި ޕީޖީ އިން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައިފި!

ޕީޖީ އޮފީހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

2017 ގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދު ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ދިން ވަގުތު ހަމަވިއިރުވެސް ގޮތެއް ނުނިންމުމުން ސުޕްރީމް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސިޓީއެއް ފޮނުވައިފިއެވެ.

”ސަންގު ޓީވީ“ އިން ސުވާލު ކުރުމުން ޕީޖީގެ އޮފިޝަލަކު ވިދާޅުވީ ހައިކޯޓަަށް ސައްމާހުގެ ބަންދާނެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން 7 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި އެހެންނަމަވެސް އެ މުއްދަތު ހަމަވުމުންވެސް ހައިކޯޓުން ގޮތެއް ނިންމާފައިނުވާކަމަށެވެ. އަދި މި މައްސަލައިގައި ހައިކޯޓަށް ދައުލަތުގެ ފަރާތުން އެތައްފަހަރެއްގެ މަތިން ގުޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޕީޖީގެ ފަރާތުން ބުނެފައިވަނީ ކުދި މައްސަލަތަކުގައި ލަސްވުންތައް ދިމާވި ނަމަވެސް މަރުގެ މައްސަލަ ތަކަކީ ޕީޖީގެ ފަރާތުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށާއި އެހެންކަމުން މިފަދަ މައްސަލަތަކުގައި ލަސްވުމަކީ ޕީޖީން ބަލައިގަންނާނެ ކަމެއްނޫންކަމަށެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓަށް ސިޓީ ފޮނުޗާފައިވާއިރު ޕީޖީން މިހާރު ދަނީ މި ކަމާއި ގުޅިގެން ޖޭއެސްސީއަށް މައްސަލަ ހުށައެޅުމަށް މަޝްވަރާކުރަމުން ކަމަށް ޕީޖީން މައުލޫމާތު ދެއެވެ.

މިމައްސަލައިގައި ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ (ރިޔާސަތު) އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންނެވެ. މިކަމުގައި ހައި ކޯޓުގެ ބަހެއް ލިބިފައި ނެތް އިރު ތިން ފަނޑިޔާރުންވެސް ތިއްބެވީ ޗުއްޓީގައި ކަމަށް މައުލޫމާތު ލިބެއެވެ.

ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން ބަންދުގެ އަމުރެއް ނެރެނުދިނެވެ. ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އަލުން ބަންދާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން އެންގީ، ކުރީގެ ނިންމުމުގައި ގޯސްތަކެއް ފާހަގަކޮށްފަ އެވެ.

މި މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: