ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު އޮނަރަބަލްގެ ލަގަބު ބޭނުންކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑީޔާރުންނާ މުހާތަބު ކުރާއިރު އޮނަރަބަލްގެ ލަގަބު ބޭނުންކުރަންޖެހޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފިއެވެ.

ޖޭއެސްސީން ނެރުނު ސާކިއުލާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު މަގާމުގެ ކަމުގެ ކުރިއަށް އޮނަރަބަލްގެ ލަގަބު ބޭނުންކުރަންޖެހޭނެއެވެ. މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާތަބު ކުރާއިރު މަގާމުގެ ނަމާއެކު އަލްއުސްތާޒް ނުވަތަ އަލްއުސްތާޒާ ނުވަތަ ޑޮކަޓަރުގެ ލަގަބު ބޭނުންކުރަންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

އެ ސާކިއުލާގައިވާ ގޮތުން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވާހަކަ ދައްކާއިރުވެސް އެ ލަގަބުތައް ބޭނުންކުރަން ޖެހޭނެއެވެ.

ޖޭއެސްސީން ކުރިން ހަމަޖައްސާފައި އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާބަތު ކުރާއިރު ހިމަނަންޖެހެނީ ހަމައެކަނި އެ ބޭފުޅެއްގެ މަގާމުގެ ނަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: