ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ 140 ދުވަހުގެ ތެރޭގައި 123 ޖިންސީ ކުށް ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ - ފޭސްބުކް/ އަހުމަދު އާއިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް ފަސްހާހާއި ގާތްކުރާ އެކި މައްސަލަ ހުށައެޅިފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

2024 ވަނަ އަހަރު ފެށިގެން 140 ދުވަސް ވެފައިވާއިރު ފުލުހުންގެ މުއައްސަސާއިންވަނީ ވެބްސައިޓުގައި މި އަހަރުގެ މިހާތަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ އަދަދުތައް ހިއްސާކޮށްފައެވެ. މި އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަކަމަށްވާއިރު ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަކަމަށް މައުލޫމާތުތަކުން ދައްކައެވެ. މި އަހަރުގެ ތެރޭގައި 1398 ވައްކަމުގެ މައްސަލައެއް ހުށައެޅިފައިވާއިރު 1182 ޓްރެފިކް އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް ހިއްސާކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުން މި އަހަރު ތިންވަނައަށް އެންމެ ގިނައިން ހުށައެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. އެގޮތުން މިހާތަނަށް 592 މައްސަލައެއް ހުށައެޅިފައިވާކަމަށާއި އެއާއި ޖެހިގެން އެންމެ ގިނައިން ހުށައެޅިފައިވަނީ ތަކެތި ގެއްލުމުގެ މައްސަލަކަމަށްވާއިރު އެފަދަ 423 މައްސަލައެއް ހުށައެޅިފައިވާކަން ހާމަކޮށްފައިވެއެވެ.

މުއައްސަސާއިން މައުލޫމާތު ދިިން ގޮތުން ހިޔާނާތުގެ 327 މައްސަަލަ ހުށައަޅާފައިވެއެވެ. އަދި މީހުންނަށް ހަމަލާ ދިން މައްސަލަތައް 267 ފުރުސަތެއްގައި ހުށައަޅާފައިވާކަން ހިއްސާކޮށްފައިވާއިރު ބިރުދައްކައިގެން މުދާ ފޭރިގަތް 201 މައްސަލައެއްގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ 265 ރިޕޯޓުވެސް ކޮށްފައިވާމަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުން ޖިންސީ ގޯނާގެ 123 މައްސަލައެއް މި އަހަރުގެ ތެރޭގައި ހުށައެޅިފައިވާކަމަށެވެ. އަދި ގެވެށި އަނިޔާގެ 100 މައްސަލައެއްވެސް ރެކޯޑުކުރެވިފައިވާއިރު ކައުންޓަރފިޓް އެންޑް ފޯގަރީގެ 52 މައްސަލައިގެ އިތުރުން ޗެކް ބައުންސްވި3  މައްސަލައެއްވެސް ރެކޯޑުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: