ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕެއިން ނޯރވޭ އަދި އަޔަރލެންޑުންވެސް ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފި

ކުޑަކުއްޖަކު ފަލަސްތީނުގެ ދިދަ ހިފައިގެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯރވޭ އަޔަރލެންޑް އަދި ސްޕެއިންއިންވެސް ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަން ހާމަކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން މި ނިންމުމާއިއެކު އިސްރާއީލަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެހެންނަމަވެސް އިސްރާއީލުންވަނީ އެ ކަމާއި ނުރުހުން ފާޅުކޮށް އެ ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުން އަނބުރާ ގެންގޮސްފައެވެ.

ފަލަސްތީނުގެ ލީޑަރުންވަނީ ނޯރވޭ އަޔަރލެންޑް އަދި ސްޕެއިންގެ ނިންމުމަށް މަރުހަބާ އާއި ޝުކުރުގެ ބަސްތައް ރައްދުކޮށްފައެވެ. އަދި އދގެ މެމްބަރު ގައުމުތަކުގެ ތިންބައިކުޅަ ދެބައި ގައުމުތަކަށްވުރެ ގިނަ ގައުމުތަކުން ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަމަށްވާއިރު އައު ގައުމުތަކަކުން ބަލައިގަތުމަށް ނިންމާފައިވުމުން އަހަރުތަކެއް މަޑުޖެހުމަކަށް އައިސްފައި އޮތުމަށްފަހު ފަލަސްތީނު މިނިވަންކުރުމުގެ މަސައްކަތްތަކަށް ބާރު ލިބިފައިވާކަމަށާއި އިސްރާއީލުގެ ވާގިވެރިންވެސްދަނީ މިހާރު ފެންމަތިވެފައިވާ މައްސަލަތަކަށް އެ ގައުމަށް ފާޑުކިޔުންތައް އަމާޒުކޮށްފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

މިއީ އެއް ހަފްތާގެ ތެރޭގައި އިސްރާއީލަށް ލިބިފައިވާ ދެވަނަ ބޮޑު ގެއްލުންކަމަށް މީޑިއާތަކުން ފާހަގަކުރާއިރު، މީގެ ދުވަސްތަކެއް ކުރިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ އިސް ފަނޑިޔާރު ކަރީމް ހާން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށްޓަކައި އަމުރެއް ނެރެދިނުމަށް އެދިފައިވާކަން ހާމަކޮށްފައިކަމަށްވުމުން އިސްރާއީލުގެ ސަރުކާރަށް ބައިނަލްއަގުވާމީ މައިދާނުގެ ފިއްތުންތައް އިހުސާސްކުރެވޭނެކަމަށް ބުނެފައިވެއެވެ. އައިސީސީއިން ނަތަންޔާހޫ ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދަނީ އިންސާނީ ދަރިފަސްކޮޅާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގުމުގެ ޖަރީމާގެ މައްސަލައިގައިކަމަށްވާއިރު، ހަމާސްގެ އިސްވެރިންގެ މައްޗަށްވެސް އެއް ތުހުމަތުތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.

އިސްރާއީލުންވަނީ މި މައްސަލައިގައި އެ ގައުމުތަކުން އިސްރާއީލަށް ކަނޑައަޅާފައިވާ މަދޫބުން ހާޒިރުކޮށްފައެވެ. އަދި އެ ގައުމުންވަނީ ހަމާސްއަށް ހިތްވަރު ދޭކަަމަށް ތުހުަމަތުކޮށްފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: