ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށްވެސްވަނީ ސައިބަރ ކްރައިމްގެ ނުރައްކާ ކުރިމަތިވެފައި: އިހުސާން

ހޯމް މިނިސްޓަރ އަލީ އިހުސާން/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޖިޓަލް ކަނެކްޓިވިޓީ އެއްވެސް ހުރަހެއް ނެތް މިންވަރަށް އޮތް ޒަމާނެއްގައި ރާއްޖެއަށްވެސްވަނީ އެހެނިހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް ސައިބަރ ކްރައިމްގެ ނުރައްކާތައް ކުރިމަތިވެފައިކަމަށް މިނިސްޓަރ ފޯ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގަތަރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާންވަނީ އަދުގެ ޒަމާނުގައި ޑިޖިޓަލް ކަނެކްޓިވިޓީ އެއްވެސް ހުރަހެއް ނެތި ލިބެމުންދާއިރު، ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑުވަމުންދާ މައްސަލައެއްކަމަށްވާ ސައިބަރ ކްރައިމްގެ މައްސަލަ ރާއްޖޭގައިވެސް އިތުރުވަމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ، އެފަދަ ކުށްތަކުގެ އަސަރު މުޅި މުޖުތަމައަށް ކުރާކަމަށާއި އިގްތިސާދަށާއި މުޖުތަމައުގެ ރައްކައުތެރިކަމަށްވެސް އެކަމުގެ ނޭދެވޭ އަސަރުކުރާއިރު ވަކިވަކި ފަރުދުންނަށްވެސް އެކަމުގެ ނުރައްކާތަށް ހުރިކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސައިބަރކްރައިމްގެ ސަބަބުން ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތުތަކުގެ ރައްކައުތެރިކަމުގެ އިތުރުން މާލީ ރައްކައުތެރިކަމަށްވެސް ނުރައްކާތައް ކުރިމަތިވެގެންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި ރާއްޖޭގެ ސަރުކާރުގެ ނަޒާހާތްތެރިކަމާއިމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިހުސާން ވިދާޅުވީ، ޝޙްސު އޮޅުވާލުމުގެ މައްސަލަތަކުން ފެށިގެން އޮންލައިން ސްކޭމްތަކުންވެސް ލިބިގެންދާ ގެއްލުންތައް އިންތިހާ ބޮޑުކަމަށެވެ. އަދި ހާއްސަ ގޮތެއްގައި ރާއްޖެއަކީ އާންމު ދިރިއުޅުމަށާއި ސަރުކާރުގެ ހިންގުންތެރިކަމުގެ އިތުރުން މާލީ މުއާމަލާތްތައް ކުރުމުގައިވެސް ޒަމާނީ ވަސީލަތްތަކަށް ބަރޯސާވެފައި އޮތް ގައުމެއްކަމަށްވުމުން ސައިބަރ ހަމަލާއެއް ދިނުމުގެ ސަބަބުން ފާހަގަކުރެވޭ ވަރަށް ގެއްލުންތައް ލިބިގެންދާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސައިބަރކްރައިމްގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުއާމަލާތްތައް ކުރުމަށް އޮންނަ އިތުބާރު ގެއްލިގެންދަމަަށާއި އީޖާދީ މަސައްކަތްތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅިގެންދާކަމަށްވެސް ހިއްސާކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން އިގްތިސާދަށްވެސް ނޭދެވޭ އަސަރުކުރާކަމަށެވެ.

އެހެންނަމަވެސް ރާއްޖެ އޮތީ ސަލާމަތް ނުވެވޭ ހާަލަތެއްގައި ނޫންކަމަށާއި ތައުލީމާއި އިލްމު އަދި ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް މެދުވެރިކޮށް ރާއްޖެއިން ދަނީ ސައިބަރ ހަމަލާތަކާއި ދެކޮޅަށް ދިފާއީ އިންތިޒާމުތައް ވަރުގަދަކުރަމުންކަމަށާއި ރާއްޖޭގެ ސަރުކާރުންދަނީ އެފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތައް ކުރަމުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: