ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގައި ޑެފިސިޓް ހުރީ 4.5 ބިލިއަންގައި މި އަހަރު 1.8 ބިލިއަން: ފިނޭންސް

މިނިސްޓަރު ޑރ ޝަފީގު އަދި ޑެޕިއުޓީ މިނިސްޓަރު ސާއިދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރާއި އަޅާ ބަލާއިރު 2024 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ ޑެފެސިޓް ކުޑަކުރެވިފައިވާކަމަށާއި އެކަން ކުރެވިފައިވަނީ ފައިސާ ދޫކުރުން ކޮންޓްރޯލްކޮށްގެންކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު ސާއިދުވަނީ ރާއްޖޭގެ މާލީ ހާލަތާއި ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މާލީ އިސްލާހުތައް ގެނައުމުގެ އެޖެންޑާގައި ހިމެނޭ ބައެއް މަސައްކަތްތައް މިހާރުވަނީ އޮޕަރޭޝަނަލީ ފެށިފައިވަކަމަށެވެ. އަދި މޭ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މައުލޫމާތު ހިމެނޭ ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓަށް ބެލުމުންވެސް އެކަން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ، 16 މޭ 2023 ގެ މައުލޫމާތަށް ބަލާއިރު، ލިބޭ އާމްދަނީއިން ހަރަދާއި ކުރިން ނަގާފައިވާ ދަރަންޏަށް އަރާ އިންޓްރެސްޓުވެސް އޭގެ އުނިކުރުމަށްފަހު އެ އަދަދު ހުރީ 2.67 ބިލިއަން ރުފިޔާ މައިނަސްގައިކަމަށާއި މި އަހަރުގެ ހުރީ މައިނަސް ދުއިސައްތަ އެއް މިލިއަން ރުފިޔާގައިކަމަށްވުމުން ކުރިއެރުންތަކެއް ހޯދިފައިވާކަމަށް އިޝާރާތްކުރެއްވިއެވެ. ސާއީދު ވިދާޅުވީ، ޕްރައިމަރީ ބެލެންސަކީ އެ ހިނދަކު ސަރުކާރު ހިންގާ ބަޔަކު ނުވަތަ އިދާރާއެއްގެ މާލީ މަސައްްކަތްތަކުގެ އަހުލާގު ދައްކުވައިދޭ އަދަދެއް ކަމަށެވެ. އަދި ކުރިން ނަގާފައިވާ ދަރަނީގެ އިންޓްރެސްޓަކީ އަދުގެ ސަރުކާރާއި ނުގުޅި ނަމަވެސް ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖުމުލަ ޑެފެސިޓަށް ބަލާއިރު، މި އަހަރުގެ 16 މޭގެ ނިޔަލަށް 1.8 ބިލިއަންގެ ޑެފެސިޓެއް އުފެއްދިފައިވާކަމަށެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް 4.5 ބިލިއަންގެ ޑެފެސިޓެއް ހުރިކަމަށް އަލިއެޅުއްވިއެވެ.  އެހެންކަމުން މިހާރު ސަރުކާރަށްވަނީ އަހަރަކުން އަހަރަކަށް 2.7 ބިލިއަން ރުފިޔާގެ ކުރިއެރުމެއްކަމަށާއި މިކަންކަން ހާސިލުަކުރެވިފައިވަނީ ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގުގެ އިރުޝާދުގެ އިތުރުން ފިސްކަލް އެފެއަރޒް ޑިޕާޓުމެންޓާއި ޓްރެޝަރީ ޑިޕާޓުމެންޓު މެދުވެރިކޮށް ފައިސާ ދޫކުރަމުންދާ މިންގަނޑުތައް ކޮންޓްރޯލްކޮށް ބޭކާރު ގޮތުގައި ހަރަދުކުރެވިގެންދާ ރައްޔިތުންގެ ފައިސާ މުހިންމު ކަންތައްތަކަށް ކަނޑައަޅައި ހިފަަހައްޓައި ހަރަދުކުރުވައިގެންކަމަށް ހާމަކުރެއްވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ސާއިދުވަނީ 2024 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ބަޖެޓުގައި ކޮށްފައިވާ އަންދާޒާތަކަށް ބަލާއިރު 1 ޖުލައި 2024 އިން ފަށައިގެން އާސަންދައާއި ސަބްސިޑީ އުސޫލަށް ބަދަލުތައް އަންނާނެކަމަށް އަންދާޒާކޮށްފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ. އެހެންނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައިއިރު އިސްލާހު ގެނައުމުގެ މަސައްކަތްތްތައް ހުރީ ފެށިފައިނަމަވެސް އެކަން ކުރުމަށް ޕްލޭނެއް ކަނޑައަޅާ ނިންމާފައިނުވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަޖެޓުގައި އެގޮތަށް އަންދާޒާކޮށްފައިވާނަމަވެސް އިސްލާހުތައް ގެނަނަ އިރު ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ އެންމެ ބޭނުންތެރި އެންމެ ހައްގުވެރި ފަރާތްތަކަށް ހަރަދުތައް ކުރެވިގެންދާ ގޮތަށް ކަންކަން ރޭވުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: