ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެސްއައިޕީ މަޝްރޫއުތަކަށް 5.3 ބިލިއަން ހަރަދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ދައުލަތުގެ ބަޖެޓުން 5.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވަނީ 6.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ސަރުކާރު ޚަރަދުގައި އާންމު އިޖުތިމާޢީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ކުރާ ޚަރަދުގެ ތަފްޞީލް ވަނީ ހާމަކޮށްފައެވެ. އެގޮތުން މި މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް 5.3 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ޚަރަދުކޮށްފައިވަނީ 7.0 ބިލިޔަން ރުފިޔާއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ވަކިވަކި ދާއިރާތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެގޮތުން މި ދައިރާއިން ކުރި ޚަރަދު 2.3 ބިލިޔަން ރުފިޔާއަށް އަރައެވެ. އިޤްތިޞާދީ ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެއީ 2 ބިލިޔަން ރުފިޔާއެވެ.

ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 780 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއިން ޚަރަދު ކޮށްފައިވަނީ، 432 މިލިޔަން ރުފިޔާއެވެ. މި ދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. މި ބަޔަށް 775 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޯހިޔާވަހިކަމުގެ ދާއިރާއިން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް 717 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުކުރީ 600 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާއަށް މި މުއްދަތުގެ ތެރޭގައި 359 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ހޭދަކޮށްފައިވަނީ، 329 މިލިޔަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: