ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މިސްކިތްތަކުގެ ފާހަނަ ފަސް ތަރީގެ ފާހަނަތަކަކަށް ހެދުން: މޭޔަރ

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މާލޭގެ މިސްކިތްތަކުގެ ފާހަނާތައް ފަސްތަރީގެ ފާހަނަތަކަށް ބަދަލު ކުރުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިސްކިތްތަކާއި ވެށީގެ ސާފްތާހިރުކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުމުގައި އާޒިމް ވިދާޅުވީ، މާލެ ހުޅުމާލެ ވިލިމާާލޭގެ މިސްލިތްތަކުގެ ފާހަނާތައް ފަސްތަރީގެ ފާހަނަތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ އަދި އާޒިމް ވިދާޅުވީ މިސްކިތްތައް ސާފުތާހިރު ކަންމަތީ ބެލެހެއްޓުމަކީ ރައްޔިތުންގެ ޒިންމާއެއް ކަަމަށެވެ.

“މިސްކިތްތަކަކީ ވަރަށް ވަރަށް ރީތި ތަންތަނޭ މީހުން ބުނާ ވަރަށް އެކަން ކޮށްދެއްވާށޭ..އަޅުުގަނޑުގެ އަމާޒެއް މިސްކިތުގެ ފާހަނަ ތަަކަކީ ފަސް ތަރީގެ ފާހަނަތަކަށް ހެދުން..އެކަމުގެ މަސައްކަތް ފަށައިގެން މި ދަނީ.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަސް ތަރީގެ ރީތި ފާހަނަ،”. އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ،  މީހެއްގެ ގެއަކަށް ވަދެފައި، ފާހަނައަށް ވަދެވުމުން ފާހަނަ ރީތިވެއްޖެނަމަ ވަރަށްވެސް އުފާވާނެ ކަމަށާއި އެހެންކަމުން މިސްކިތްތަކުގެ ފާހަނަތައްވެސް ރީތިވުމުން އެކަމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

“ފާހަަނަ ރީތިކޮށް ހުރެއްޖެއްޔާ ބަލާނެ ކަމެއް ނެތް..އެެއީ ސާފް ތާހިރުކޮށް އުޅޭ ބައެއް.. އެއީ މިންގަނޑެއް،”. އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފާފުޅާއި އެއްގޮތަށް މިހާރު މިސްކިތްތައް ސާފް ކުރުމުގައި ހަރަކާތްތެރިވާން ފަށާފައިކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި ދިވެހި މުވައްޒަފުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: