ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރުކަން ލިބުމާއެކު ރައީސްގެ މަރުހަބާ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އދ ގެ އާއްމު މަޖިލީހުގައި ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނަށް ދިނުމާއި ގުޅޭ ގަރާރު ފާސްކޮށްފައިވަނީ 101 މެންބަރުންގެ ވޯޓުންނެވެ. ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނަށް ދިނުމާއި ދެކޮޅަށް 5 ގައުމަކުން ވޯޓު ދީފައިވާއިރު 21 ގައުމަކުން ވަކި ގޮތަކަށް ވޯޓު ނުދިނުމަށް ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ އިއްޔެ ވޯލްޑް ހެލްތު އެސެމްބްލީގައެވެ.

ރައީސް މުއިއްޒު މި ނިންމުމާއި ގުޅިގެން ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ޑަބްލިޔު.އެޗް.އޯ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބޭ ގޮތަށް ނިންމުމުން ރާއްޖެއިން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން އެ ގަރާރަށް ތާއިދުކޮށް ޑަބްލިޔު.އެޗް.އޯގައި ފަލަސްތީނުގެ ހައްގުތައް އިތުރު ކުރުމަށް ވޯޓު ދީފައިވާ 101 އެއް ގައުމުގެ ތެރޭގައި ރާއްޖެ ހިިމެނޭ ކަމަށެވެ. އަދި ރާއްޖެއިން އެ ގަރާރަށް ތާއިދުކުރީ ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ހައިސިއްޔަތު ނުލިބި އޮތް ހައްގަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ފުރިހަމަ މެންބަރުކަމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ދާއިދު ކޮށްފައިވާތީ ކަމަށާއި، މިއީ ދެމެހެއްޓެނިވި ސުލްހައަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިންމުމާއި ގުޅިގެން މި އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މިއީ ތާރީީހީ ނިނިންމުމެއް ކަމަށާއި މި ނިންމުމާއެކު އެހެން ގައުމުތަކަށް ލިބިގެންވާ ހުރިހާ ހައްގެއް ފަލަސްތީނަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގައި ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ބަޖެޓް ލިބުމާއި ވޯޓުލުމުގެ ހައްގު ހިމެނޭ ކަަމަށް ހަލީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: