ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިބަހުގެ އެކެޑަމީން ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ވުޒާރާއިންކުރި ޢިޢުލާންނުގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ސްކޫލުތަކުގެ ދަރިވަރުންނަށާއި އަމިލްލަ ފަރާތްތަކަށް ކަމަށެވެ. މި މުބާރާތުގައި ޅެން ހެދުމުގެ 27ވަނަ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި، އަދި މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތެވެ. މި މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 2 ވަނަ ދުވަހާއި 3ވަނަ ދުވަހުގައެވެ.

މި މުބާރާތުގައި ސްކޫލު ދަރިވަރުންގެ ތެރެއިން ދަށު ސާނަވީ އާއި ސާނަވީ އަދި މަތީ ސާނަވީ އުރުމުފުރާ ދަރިވަރުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާއިރު، ދަށު ސާނަވީގައި ހިމެނެނީ ކީ ސްޓޭޖް 7 އަދި 8ގެ ދަރިވަރުން ކަމަށާއި ނަވީ އުމުރުފުރާގެ ގިންތިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ކީ ސްޓޭޖް 9 އަދި 10ގެ ދަރިވަރުންނަށް ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މަތީ ސާނަވީގެ ދަރިވަރުންގެ ގިންތި ކުރެވޭނީ 18 އަހަރުން ދަށް އަދި 18 އަހަރުން މަތީ އުމުރުފުރާގެ ފަރާތްތަކަށް ކަމަށެވެ.

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ލިޔުންތެރިކަމާއި ޅެންވެރިކަމުގެ ރަނގަޅު ލިޔުންތެރިން އުފެއްދުމާއި އެކަމަށް ޝައުޤާއި ވިސްނުން ތަރައްޤީކޮށް، ދިވެހިބަހުން ފަރިތަކަމާއިއެކު ޢިލްމީ މުހިންމު މަޢުލޫމާތު ހުރި ވާހަކަތަކާއި މަޒުމޫނު، އަދި އަސަރުހުރި ލިޔުންތެރީންނާއި ޅެންވެރިން އުފެއްދުމުގެ މަސައްކަތެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ސުންގަނޑިއަކީ ޖުލައި 9 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ތަފްސީލުތަކާއި ވަކިވަކި މުބާރާތްތަކުގެ ގަވާއިދު ގެޒެޓްގައްޔާއި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެ ކަމަށް އެ ޢިޢުލާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: