ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކުދިން އުފަންވާ މިންވަރު ކަންބޮޑުވާ މިންވަރަށް ދަށަށް ދާތީ ކަންބޮޑުވުން!

ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް ދަށަށް ދާތީ އެކަން، ގައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ރޭޓަށް ބޮޑެތި ބަދަލުތަކެއް އައިސް ދަށްވެފައިވާކަން، ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވިދާޅުވީ އުފަންވާ ރޭޓު ދަށަށް ދިއުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވެސް ދިމާވާކަމަށެވެ. އަދި އެކަމަށް ގައުމުތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް އައިޝަތު ޝިހާމް ވިދާޅުވީ ބޭރު ގައުމުތަކުގެ ހޯދުންތަކުގައި ފާހަގަކުރެވުނު ހައްލެއްގެ ގޮތުން ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ ޑޭ ކެއާފަދަ އިންތިޒާމުތައް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ބައެއް ވަޒީފާދޭ ކުންފުނިތަކުގައި ވެސް ކުދިން ބެލޭނެ އިންތިޒާމު ރަނގަޅު އުސޫލެއްގެ ތެރެއިން ގާއިމުކޮށްފައިވާކަން ފާހަގަކުރި އެވެ.

ރާއްޖޭގައި ވެސް މި މައްސަލަ މިހާރު ފާހަގަކުރެވިފައިވާތީ އެކަމަށް ހަސްލު ހޯދުމަށް މަސައްކަތް ނުކުރުން ވެގެން ދާނީ، ގައުމީ ތަރައްގީއަށް އެޅޭ ހުރަހަކަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެ ދިޔަ 8 އަހަރުގެ ތެރޭގައި ރާއްޖޭގައި އުފަންވެފައި ވަނީ އެވެރެޖުކޮށް އަހަރަކު 5،500 ކުދިންކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.

އާބާދީއަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކޮންމެ 10 އަހަރަކުން ކުރިޔަށް ގެންދާ ބޯހިމެނުން ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ 3،38،434 އެވެ. އަދި 2022 އަހަރުގެ އަދަދު ހުރީ 3،82،751 ގަ އެވެ.

މި އަށް އަހަރުގެ ތެރޭގައި އާބާދީއަށް އިތުރުވިކަމަށް ދައްކަނީ، 44،317 ކުދިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: