ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގު އޮޅުނު 100 ހާޖީން ހޯދައި އަނބުރާ ގެނައިން: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގު އޮޅުނު 100 ވަރަކަށް ހާޖީން ހޯދައިގެން އަނބުރާ ގެނެވުނުކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ މައުލޫމާތު ހިއްސާ ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމްވަނީ ދިވެހިންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދިންކަމަށާއި، އަދި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނުކަމަށާއި ޑައިލެލިސް ހަދާ ފަރާތަކާއި، ކެންސަރު ފަރުވާ ނަގާ ބައެއް ބޭފުޅުން، ހިތުގެ ބަލި ހުންނަ ބައެއް ބޭފުޅުން ހާޖީންގެ ތެރޭގައި ހިމެނޭކަމަށް ވުމުން އޯގާތެރިކަން ފޯރުކޮށްދެވުނު ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އެޑްމިޓްކުރި މީހުންނަށް މަތީ ދަރަޖައިގެ އެހީ ފޯރުކޮށްދެއްވިކަމަށާއި މަގު އޮޅުނު 100 ވަރަކަށް ހާޖީން ހޯދައިގެން އަނބުރާ ގެނެވުނުކަމަށްވެސް ފާޙަގަކޮށްފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ، މި ދަތުރުގައި އަރަފާތަށް ނުވަދެވޭ އެކަކުވެސް ނުހުންނާނެކަމަށާއި، ބަލި މީހުންވެސް ގެންގޮސްފައިވާކަމަށެވެ. ޝަހީމް ވިދާޅުވީ، އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައްވެސް ފުރިހަމަކަމަށާއި މިނާގެ ފޭލިގޭގައި ތާށިކަމެއް ހުރިކަމަށް ހާމަކުރެއްވިއިރު އެގޮތަށް މެދުވެރިވި ސަބަބު ބަލައި ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ފުރުސަތުގައި އެކަން ރަނގަޅުކުރާނެކަމަށާއި މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީހުގައި އެންމެ ގިނަ ހާޖީން ގެނެވުނު ފަހަރުކަމަށް މައުލޫމާތު ދެއްވިއިރު، އަމިއްލަ ކޮންޓްރޯލުން ބޭރުން އެތައް މިލިއަން މީހުންގެ ތެރޭގައި ހިނގާ ކަމެއްގައި ކަންކަން ކިތަންމެ ފުރިހަމައަށް އިންތިޒާމުކުރަން އުޅުނަސް އުނިކަން ހުންނާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންސާނުންނަކީ އުނި ބައެއްކަމަށެވެ. އަދި މި ދަތުރުމަތީގައި އެންމެ އިސްކަމެއް ދީފައިވަނީ ހޫނުގަދަ މާހައުލެއްގައި ހާއްޖީންގެ ސަލާމަތާއި ސިއްހަތާއި ރައްކައުތެރިކަން ކަށަވަރުކުރަންކަމަށެވެ. އަދި ހާއްޖީއަކު ތަބީއީ މަރަކުން މަރުވިކަމަށްވެސް މިިނިސްޓަރު މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: