ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންދޫން ގަބޫލު ކުރާގޮތަށް ހަރަކާތްތައް ނުކުރާނަމަ، އެއީ ޔޯގާއެއް ނޫން: ޒައިދު

އިންޑިއަން އެމްބަސީއިން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުން/ ފޮޓޯ: ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

 ޔޯގާ، ޔޯގާއެއްގެ ގޮތުގައި ވާނީ ހިންދޫއިން ގަބޫލު ކުރާ ގޮތަށް އެމީހުންގެ އަޅުކަން ކުރުމުގެ ނަކަލު ކުރުމުންކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އިންޑިއާގެ އެމްބަސީ އިންތިޒާމުކޮށްގެން ޑިޕްލޮމެޓުންނާއި ބައެއް އިސް ބޭފުޅުންނަށް ހާއްސަކޮށް ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދިޔަ ޔޯގާ ހުއްޓުވުމަށް ގިނަ ބަޔަކު ނިކުމެ އިހުތިޖާޖު ކުރި އެވެ. އަދި ގަލޮޅު ދަނޑުގެ ތެރެއަށް ވަދެ މާރާމާރީ ހިންގިކަމަށް ތުހުމަތުކޮށް ބައެއް ދީނީ އިލްމުވެރިން ހިމެނޭހެން އާންމުންގެ މީހުން ވެސް ހައްޔަރު ކުރި އެވެ.

ބޮޑު މައްސަލައަކަށްވެ، ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އެ ހަބަރުތައް އައެވެ.

އޭގެ ދެ އަހަރު ފަހުން އިންޑިއާގެ އެމްބަސީގައި ފާހަގަކުރި، އިންޓަނޭޝަނަލް ޔޯގާޑޭ ހަރަކާތުގެ ފޮޓޯތައް އާންމު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް އެމްޑީޕީން އެ ޕޯސްޓު ދައުރުކޮށް ވަނީ، ޔޯގާ ކުރުމުގައި މިހާރު މައްސަލައެއް ނެތީތޯ ސުވާލު އުފައްދާފަ އެވެ.

ފާޑުކިއުންތަކަށް ރައްދު ދީ، ޒައިދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ޔޯގާގެ ބަދަލުގައި ކަސްރަތު ކުރުމަށް އޭނާ ނަސޭހަތްތެރިވާކަމަށެވެ. އަދި ވިދާޅުވީ ޔޯގާގެ ގޮތުގައި ބެލެވޭނީ، ހިންދޫއިން ގަބޫލު ކުރާ ގޮތަށް އިރަށް އަޅުކަން ކުރާ މޭރުމަކުން ނުވަތަ އެ ނަކަލު ވާގޮތަށް ސްޕްރިޗުއަލްކޮށް ކުރާ ހަރަކާތަށް ކަމަށެވެ. އެހެން ނަމަވެސް އެފަދަކަމެއް ނުހިމެނި، ކުރާ ހަރަކާތްތައް ބެލެވޭނީ ކަސްރަތުގެ ގޮތުގައިކަމަށް ޒައިދު ވިދާޅުވި އެވެ.

އެހެންކަމުން، ޔޯގާއާއި ގުޅުވައި ނުވަތަ ރާއްޖޭގައި އެ ދުވަސް ފާހަގަކުރިކަމަށް ބުނެ ހަގީގަތެއް ނެތް ވާހަކަ ފަތުރައި މީހުން ދަންތުރައެއްގައި ނުޖެއްސުމަށް ޒައިދު ގޮވާލި އެވެ.

ޝެއިހު ޒައިދުގެ އެ ޕޯސްޓަށް ފާޑުކިއުން އަމާޒުވުމުން، ވިދާޅުވީ ޔޯގާ ހުކުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ހިންދޫ ޔޯގާއަކީ އިސްލާމް ދީނާ ހިލާފު އަމަލެއްކަމަށާއި އެކަމާ މުސްލިމުން ދުރުހެލިވާން ޖެހޭކަމަށް ޒައިދު ވިދާޅުވި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް 2021 ގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހުއްޓުވި މައްސަލައިގައި، ޕީޕީއެމް/ޕީއެންސީގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: