ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަހު ރައީސް މުއިއްޒުގެ ތަހުނިޔާ!

ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި ސަންގު ބަހުސް- ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ޕާޓީގެ ލީޑާޝިޕާއި އަދި އާންމު މެމްބަރުންނަށް ފޮނުއްވާފަ އެވެ.

އެމްޑީޕީ އެންމެ ފުރަތަމަ އުފެދުނީ ސިލޯނުގެ ކޮޅުނބުގައި އަރުވާލެވިގެން ތިބެ، ނޮވެންބަރު 2003 ގައެވެ. ސިޔާސީ ޕާޓީ ހިންގުން އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން މަނާކޮށްފައި އޮތްނަމަވެސް، އެމްޑީޕީއިން ދިޔައީ ޕާޓީ އުފެއްދުމަށް ބޭނުންވާ 42 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.  ޖޫން 2005 ގައި ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ޤާނޫނީ ބާރު ލިބި، 23 ޖޫން 2005 ގައި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނެވެ.

އެގޮތުން އެތެރޭގެ މަސައްކަތްތައް ހަރުދަނާކުރުމާއެކު ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ޤައިމުކުރުމަށް އެކި ފަރާތްތަކުގެ އެހީތެކަމާއެކު، ދިވެހިރާއްޖެއަށް ޑެމޮކްރެޓިކް ޙަރަކާތްތެރިކަން ގެނުވައި، އިސްލާޙީ ބަދަލުތައް ތަންފީޒުކުރުމަށް އެމްޑީޕީ ގިނަ މަސައްކަތްތައް ކުރި އެވެ.

އޮކްޓޫބަރު 2008 ގައި ބޭއްވި ދިވެހިރާއްޖޭގެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިހާބުގައި ވާދަކޮށް، އެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ، މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން އިންތިހާބު ކުރެވުނު ފުރަތަމަ ރައީސެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: