ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައްކަން ޖެހިގެން އުޅެނީ މި ސަރުކާރުން އުފެއްދި ދަރަންޏެއް ނޫން: ގާސިމް

މާލިއްޔާތު ކޮމިޓީގެ މުގައްރިއްރު ގާސިމް އިބްރާހިމް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނިތަކެއް ދައްކަންޖެހިގެން އުޅެނީ މި ސަރުކާރުން ތަނަކުން ފައިސާތަކެއް ނަގައިގެން ނޫންކަމަށާއި ރާއްޖެއަށް މާލީ ދަތިތަކެއް ކުރިމަތިވެފައިވަނީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުންކަމަށް މަޖިލީހުގެ މާލިއްޔާތު ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މާލިއްޔާތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވުމުގެ ޒިންމާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައްޗަށް އެޅިގެން ނުދާކަމަށް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ސުކޫކުތަކުގެ ވާހަކަތައްވެސް ބައްދަލުވުމުގައި ދެކެވިފައިވާކަމަށާއި ބޮންޑުތަކުގެ ވާހަކައާއި ދަރަނި އަދާކުރާ ވާހަކަވެސް ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރައްވާފައިވާކަމަށެވެ. އަދި 2026ގައި އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު ދަރަންޏެއް ދައްކަން ޖެހުމާއި 2025 ވަނަ އަހަރު 700 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް ދައްކަން ޖެހުމުގެ އިތުރުން މި އަހަރު ދަރަނިތަކެއް ދައްކަން ޖެހިފައި ހުއްޓަސް އެއީ މި ސަރުކާރުން ނަގާފައިވާ ލޯނުތަކެއްގެ ސަބަބުން ދައްކަން ޖެހިފައިވާ ދަރަނިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ބައްދަލުވުމުގައި ދައްކަމުންދަނީ ކޮން ބަޔަކު ކޮށްފައިވާ ކަންކަމުގެ ވާހަކައެއް ތޯ ގާސިމް ސުވާލު ކުރެއްވިއެވެ. އަދި އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓާއި ވޯލްޑް ބެންކު ފަދަ ތަންތަނުން ރާއްޖެއަށް އައިސް ބައްދަލުވުންތައް ބާއްވާ މަޝްވަރާތައް ކުރަމުންދަނީ ކޮން ބައެއްގެ އަމަލުތަކަކާއި ގުޅިގެންތޯވެސް ސުވާލު އުފެއްދެވިއިރު އޭނާވަނީ މާލީ އިސްލާހުތަކެއް ގެންނަންޖެހި މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ މި ސަރުކާރުގެ އަމަލެއްގެ ސަބަބުންތޯ ސުވާލު ކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގްވެސް މި ބައްދަލުވުމުގައި އިންނެވިއިރު، އޭނާ ވިދާޅުވީ، މިނިސްޓަރ ސާފުނުކޮށްދެއްވިޔަސް ޖަވާބު އެނގިވަޑައިގަންނަވާކަމަށާއި މި ހުރިހާ ދަރަންނަކީވެސް ނިމިދިޔަ ސަރުކާރުގެ ދަރަނިކަމަށް ވިދާޅުވިއެވެ. ސަބްސިޑީ ދިނުމުގެ އުސޫލަށް ބަދަލުތައް ގެނައުން ފަދަ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، މިއަދު ހިތި ބޭސް ބޯންޖެހި އޯޕަން ހާޓް ސާޖަރީއަކަށް ވަންނަނީ ހިތުން ރުހުމުން ނޫންކަމަށާއި ވަންނަންޖެހުމުން ޖެހޭނީ ވަންނަންކަމަށް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ހަމައެކަނި ފުރާނަ ސަލާމަތް ކުރެވޭނީ އެގޮތަށް ނަމަ އާއިލާ އަދި އެހެން އެންމެން ރޯން ތިއްބަސް ޖެހޭނީ ވަންނަން ކަމަށެވެ.އޭނާ ވިދާޅުވީ، އެއީވެސް 100 އިންސައްތަ ޔަގީންކަން އޮންނަ ކަމެއް ނޫންކަމަށާއި އެހެންނަމަވެސް މިއަދުގެ ދުޔޭގައި 90 އިންސައްތަ ވަރުގެ ޔަގީންކަމެއް އޮންކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: