ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމުކަމެއް: މުއްތަލިބު

ރަސްމީ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމު ކަމެއް: މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމީ ފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެއްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު “ އެކްސް “ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމީ ފާލަން މަރާމާތުނުކޮށް އެތައް އަހަރެއްވުމުގެ ސަބަބުން ފާލަމުގެ މަތީބައި ހަލާކުވެ ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން ފާލަމުގެ މަތީ ބައި އަލުން ހެދުމަށް ނިންމައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް އެމްޓިސީސީއާއެކު 14 އޮގަސްޓް 2023 ގައި އެއްބަސް ވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ގައުމު ހިންގާނެ ފައިސާ ނެތްކަމަށްް ބުނާއިރު ދައުލަތުން ބޭކާރު ހަރަދު ކުރަނީކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމެއް ކަމަށެވެ. އެހެންކަމުން އެ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމު ކަމެއް ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓަރަކްޗަ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އަދި ފާލަމުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމުމަށް ބުނެފައެވެ. އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 11.7 މިލިއަން ރުފިޔާއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: