ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ބަޖެޓު ހަދާނީ ލިބޭ އާމްދަނީއަށް ބަލައިގެން: އަސްމާ

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ މަޖިލީހުން ބަޖެޓު އެކުލަވާލާނީ ރާއްޖެއަށް ލިބޭ އާމްދަނީއަށް ރިއާޔަތްކޮށްގެންކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އަސްމާ ވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތު އެންމެނަށްވެސް އެނގޭނެކަމަށް ފާހަގަކުރައްވާ އަސްމާ ވިދާޅުވީ އެކަމުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. އަދި އެކި އެކި ދާއިރާތަކުގައި މަސައްކަތްތައް ވަކި ހިސާބަކަށް ގޮސް ހުއްޓިފައިވާކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ސަރުކާރުން އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެންކަމަށްވެސް ވިދާޅުވިއެވެ،.

އަސްމާ ވިދާޅުވީ، އެ ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ ކަމަކީ އެހެން ދިމަދިމާލުން ހަރަދު ކުޑަކުރުމާއި ބޭރު ގައުމުތަކުން އެހީ ހޯދުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ރާސްލާފައި ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތްތައް ނުނިންމޭނެކަމަށާއި ނުވެސް ފެށޭނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގައިވެސް މަސައްކަތްތައް ހުއްޓިގެންދިޔައީ އެ ސަބަބުތަކާއި ގުޅިގެންކަމަށާއި ރާއްޖެއަށް މިފަދަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ އެއް ސަބަބަކީ އިންތިހާބުތަކާއި ދިމާކޮށް ބޭކާރު ކަންތައްތަކެއް ކުރަމުންދިއުންކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ސަރުކާރުންވަނީ އިންތިހާބުތަކާއި ދިމާކޮށް ގިނަ ހަރަދުތަކެއް ކޮށްފައިކަމަށާއި ދަރަނި އިތުރުވެފައިވާ އެއް ސަބަބަކީ އެއީކަމަށްވެސް ހާމަކުރެއްވިއެވެ. އަސްމާ ވިދާޅުވީ، އެކި ތަންތަނުން ޝޯޓް ޓާމަށާއި ލޯންގްޓާމަށް ލޯނު ނެގުމުން އެ ހުރިހާ އެއްޗެއް އެޅެނީ ދިވެހި ރައްޔިތުންގެ ބޮލުގައިކަމަށާއި ލިބޭ އާމްދަނީއަށްވުރެ ލޯނު ނަގާ އަދަދުތައް ބޮޑުވެއްޖެ ހާލަތެއްގައި ނުކުންނާނެ ނަތީޖާ މިހާރު ފެންނަމުންދާކަމަށް އިޝާރާތްކުރެއްވިއެވެ.

އަސްމާ ވިދާޅުވީ، ރާއްޖޭގެ އަހަރީ ބަޖެޓު އެކުލަވާލަންޖެހޭނީ އާމްދަނީއަށް ރިއާޔަތްކޮށްކަމަށެވެ. އޭނާ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަތަށް ބަޖެޓު ހަދަން ލިބުމުން ރާއްޖެއަށް ލިބޭ އާމްދަނީއަށްވުރެ އެންމެ ތަންކޮޅެއްވެސް ބޮޑު ނުވާނެކަމަށެވެ. އަސްމާ ވިދާޅުވީ ޕީޕީއެމް ޕީއެންސީއިން ބަޖެޓު އެކުލަވާލާނީ ގައުމަށް ލިބޭ އާމްދަނީއަށް ބަލައިގެންކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މަޝްރޫއުތައްވެސް ރާވާނީ އެ އުސޫލުގެ މަތިންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއް ފަހަރާއި އެއް އަހަރުގެ ތެރޭގައި މުޅި ގައުމު ތަރައްގީ ނުކުރެވޭނެކަމަށެވެ. އަސްމާ ވިދާޅުވީ، މުޅި ދުނިޔެއަށްވެސް އޮތީ މާލީ ދަތިކަން ކުރިމަތިވެފައިކަމަށާއި ދިވެހި ރައްޔިތުންވެސް އުޅެމުންދަނީ ނިކަމެތި ހާލަތުގައިކަމަށެވެ. މެމްބަރު ވިދާޅުވީ މަޝްރޫޢުތައް ރާވަންވާނީ ރައްޔިތުންގެ ހާލަތަށްވެސް ވިސްނައިގެންކަމަށާއި ހުރިހާ ރަށެއްގެ ބަންދަރު ބޮޑުކުރުންވެސް މުހިންމުކަމަށް ދެކިވަޑައިގެންނެވި ނަމަވެސް އެއަށްވުރެ އިސްކޮށް ކުރިއަށް ގެންދަންވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: