ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަގާމުތަކަށް ބެލުމުން، މަތީ ތައުލީމަށް ދޭ އަހަމިއްޔަތު ފެނޭ: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓުއަރިޒަމް މިނިސްޓްރީއަށް އެކަނި ބަލާލުމުންވެސް މި ސަރުކާރުން މަތީ ތައުލީމަށް އަހައްމިއްޔަތު ދޭ މިންވަރު ފެނިގެންދާނެކަމަށް މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، ހަމައެކަނި ޓުއަރިޒަމް މިނިސްޓްރީއަށް ބަލާލުމުންވެސް މި ސަރުކާރުން މަތީ ތައުލީމަށް އަހައްމިއްޔަތުކަން ދޭ މިންވަރު ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ހަގީގަތުގައި މިއަދު ދިވެހި ފޫހިވާން ފަށާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މައުތީ ތައުލީމު ހާސިލުކުރުމުގެ ގޮތުން ދަރިވަރުން ވަގުތާއި ފައިސާގެ ގޮތުން ކުރާ ހޭދަ ފަދަ ކަންކަން މިހާރު ބޭކާރުކަމަކަށް ވެފައިވާކަމަށެވެ. ޒިޔާދު ވިދާޅުވީ، ތައުލީމީ ހަޔާތް ނިންމުމަށްފަހު ރާއްޖެއައިސް ވަޒީފާއަކަށް އެޕްލައި ކޮށްލުމުން އެފުރުސަތު ލިބެނީ އެމީހާ ބައިވެރިވެފައިވާ މުޒާހަރާގެ އަދަދާއި ޖަލްސާތަކުގައި ބައިވެރިވެފައިވާ މިންވަރަށް ރިއާޔަތްކޮށްކަމަށެވެ. އަދި ކުރީ ސަރުކާރު ކިޔާފައިވަނީ ކިހާ ވަރަކަށްތޯވެސް ބަލާކަމަށާއި އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ވަޒީފާ ދޭކަމަށްވުމުން ހަގީގަތުގައި މިވަގުތު ރާއްޖޭގައި ކުދިން މަތީ ތައުލީމަށް ކިޔަވަން ޖެހިލުންވާކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަކީ މާ ބޮޑު އެއްޗެއްކަމަށް ސިފަކޮށް ބަހުސްކުރަމުންދާކަމަށްވުމުން އެކަން ފާހަގަކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ށ ބަދަލުކުރިކަމަށާއި ނ އިން ނަމަ ކުންފުނީގެ ނަމާއި ލޮކޭޝަންވެސް ބަޔާންކުރުން މަޖުބޫރުވާނެކަމަށް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: