ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވަރުނަރު ހާޝިމް ވަކިކުރަން ރައީސަށް ލަފާދޭން މަޖިލީހުން ފާސްކޮށްފި

ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރުގެ މަގާމަށް އަލީ ހާޝިމް ގާބިލު ނޫންކަމަށް ނިންމައި އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅާ ބަހުސް ކޮށްފައެވެ. ކޮމިޓީން ވެސް ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ހާޝިމް އެ މަގާމުން ވަކިކުރުމަށެވެ. އެގޮތުން އެ ރިޕޯޓު ހޯމަ ދުވަހު މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 63 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ނުވަ މެންބަރަކު ވޯޓުދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ދަރަނި މެނޭޖު ކުރުމާއި ފިކްސަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިން ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.

އެ ދުވަހުގެ ޖަލްސާގައި މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނަމަވެސް ހާޝިމަށް އެ ޒިންމާ އަދާކުރެވިފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ގަވަނަރުގެ އެއްވެސް ލަފައެއް ވެސް ލިބިފައި ނުވާކަން ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ތިން ފަހަރެއްގެ މަތީން ފުރުސަތު ދީ، ކޮމިޓީއަށް ހާޒިރުވާން ހާޝިމަށް އެންގި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން ބައްދަލުވުމަށް ވަޑައިނުގެންނެވޭނެކަމަށް އެންގެވިއެވެ.

އެހެންވެ ދެން އިތުރު ފުރުސަތެއް ދިނުމަކާއި ނުލައި، ކޮމިޓީން ހާޝިމް މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ވެސް ނާޒިމެވެ. މެމްބަރުންގެ ތާއީދު، އެ ހުށަހެޅުމަށް ލިބި ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުގައި އެ އޮތޯރޮޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު އައްޔަނުކޮށް ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: