ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕް ކޮލިޓީގެ 7 ބޭހެއް އެސްޓީއޯއިން ވިއްކަން ފަށައިފި

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕް ކޮލިޓީގެ ބޭސް ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.

ސަރުކާރުން ބުނެފައިވަނީ ބަލްކް ޕްރޮކިއުމެންޓަކީ ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫޠލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔާކޮށް ރާއްޖެއަށް ގެނައުމަށް ފަށާ ޕްރޮޖެކްޓެއް ކަމަށެވެ. ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ހައްލެއް ނެތި ބޮއްސުންލާފައިވާ ޒަމާންވީ މައްސަލަ ހައްލު ކުރުން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގެންނާނީ ޔޫރަޕްގެ ގައުމުތަކުގައު ބޭނުންކުރުމަށް އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސް ކަމަށާއި އޭރުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެންމެ ފެންވަރު ރަނގަޅު ބޭސް ހަރަދު ކުޑަކޮށް ލިބިގެންދާނެ ކަމަށެވެ. ބޭހުގެ އަގު ވެސް ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ބޭހުގެ ވިޔަފާރީގެ ޑޮލަރަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އަދި އާންމު ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ޖާގަލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ބުނީ ޕްރޮޖެކްތްގެ ދަށުން މި އަހަރު އެންމެ ފުރަތަމަ ޔޫރަޕް ކޮލެޓީގެ ހަތް ބޭހެއް ދައުރުކުރަން ފަށާނެ ކަމަށެވެ. އެއަށް ފަހު ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ފުރިހަމަކުރުމަށް ފަހު އިތުރުން ތިން ބޭހެއް ދައުރުކުރަން ފެށޭނެ ކަމަށެވެ. މި ބަދަލާއިއެކު އާސަންދައިގެ އަސާސީ އަގު ކަނޑައަޅާނީ ރީޓެއިލް ފައިދާއަކާއެކު ވިއްކޭ ވަރަށް ކަމަށް ސަރުކާރުން ބުނެއެވެ. އެސްޓީއޯއިން ބޭސް ގަނެ އަމިއްލަ ފާމަސީތަަކަށް ފައިދާއާކއެކު ވިއްކޭނެ ކަމަށާއި ނަމަވެސް އެއީ ކުރިން ނަގަމުންދިޔަހާ އިންތިހާ ބޮޑު ފައިދާއެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: