ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

23 ސްކޫލެއްގައި އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް އޭލެވެލް ކިޔެވުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ހަދާ ހުރިހާ ދަރިވަރުންނަށް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

ސީއެޗްއެސްއީގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް ސްކޫލްގެ ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ގްރޭޑް އެކަކަށް ވަންނަ 7،000 ދަރިވަރުންގެ ތެރެއިން ފެންވަރު ރަނގަޅު ޔުނިވަސިޓީ ތައުލީމާ ހާސިލްކުރުމަށް 2،500އެއްހާ ދަރިވަރުން އަދިވެސް ފާސްނުކުރެވިގެން އުޅެންޖެހިފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އެކަން ބަދަލުކޮށް ފާސްވާ ނިސްބަތް މަތިކުރުން ކަމަށެވެ.

އެހެންކަމުން އަޅުގަނޑުމެން މިއަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭލެވެލްއަށް ވަދެވޭނެ ގޮތް ހަދައިދޭނަން،….އަޅުގަނޑުމެންގެ ޓީމުން މަޝްވަރާ ކުރެވި، ރައީސްއާ ވެސް މިކަމުގައި މަޝްވަރާ ކުރެވި، އަޅުގަނޑުމެން ނިންމީ ދެ މާއްދާއިން ފާސް ވިޔަސް އޭލެވެލް ކިޔެވުމުގެ ފުރުސަތު ދޭން. އަދި ސްކޫލުގައި ޖާގަ އޮތް ކަމުގައިވާ ނަމަ އެންމެ މާއްދާއަކުން ފާސް ވިޔަސް އަޅުގަނޑުމެން ނިންމީ އޭލެވެލް ކިޔަވަން ފުރުސަތު އެ ދަރިވަރަކަށް ދޭން،

މިނިސްޓަރު ޝަފީއު ވިދާޅުވީ މިއީ ބޭކާރު ޚަރަދެއްކަމަށް ބައެއް މީހުން ގަބޫލުކުރާނެ ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް ކުދިންގެ ކިބައިގައި ހުރި ހުނަރު ކުރިއެރުވުމަށް ފުރުސަތު ދިނުންކަމަށް ސަރުކާރުން ދެކޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ އިސްލާމް މާއްދާއިން އެކަނި ފާސްވާ ކުއްޖާއަކީ އިތުރު ތަމްރީނާއެކު މުސްތަޤުބަލުގައި މޮޅު އިސްލާމް ޓީޗަރަކަށް ވެސް ވެދާނެ ކަމަށެވެ.

މީގެ ކުރިން އޮންނަ ގޮތުން ސަރުކާރު ސްކޫލްތަކުން އޭލެވެލްއަށް ކިޔެވެނީ މަޖުބޫރު ހަތަރު މާއްދާގެ އިތުރަށް އެއް މާއްދާއިން ފާސްވެގެންނެވެ. ނަމަވެސް މި މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސް ނުވީ ނަމަވެސް، ސަރުކާރުގެ ސްކޫލްތަކުން އޭ ލެވެލް ކިޔެވޭ ގޮތަށް އުސޫލަށް ބަދަލު ގެނަސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތަޢުލީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ވަރަށް ފުރިހަމަ. މީގެ ހެޔޮނަތީޖާ ފެނިގެންދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: