ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ސީއީއޯ ޒުލްފާ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓްކަމަށް

އެލްޖީއޭގެ ކުރީގެ ސީއީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން މަރިޔަމް ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.

އެލްޖީއޭގެ ސީއީއޯ ކަމުން ވަކިކޮށް ފޮރިން މިނިސްޓްރީއަށް ބަދަލުކުރިކަން ޒުލްފާ ވަނީ ސަންގަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިދާޅުވެފައިވަނީ ރައީސް ގައުމުގެ ހިދުމަތުގައި ވިދާޅުވާ ކޮންމެ ކަމެއް ކުރަން ތައްޔާރުވެގެން ހުންނެވި ކަމަށެވެ.

އަދި ހަމަ އެއާއިއެކު ޒުލްފާ ވިދާޅުވީ ފޮރިން މިނިސްޓްރީންވެސް ޒުލްފާއަށް ގުޅުއްވާފައިވާކަމަށެވެ. މީގެއިތުރުން ޒުލްފާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންމެ ނިންމެވުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު އައްޔަނުކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ޒުލްފާ ގުޅިވަޑައިގަތީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ.

ޒުލްފާ ކުރިން އެމްޑީޕީގައި ހުންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް އަދާ ކުރެއްވިއެވެ. އަދި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ޒުލްފާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވިއެވެ. ޒުލްފާ އަކީ ގާނޫނީ ދާއިރާއިންނާއި، އާބަން ޕްލޭނިން އަދި ބިޒްނަސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: