ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑަބްލިއުއެޗްއޯއިން އެމް ޕޮކްސްގެ ނުރައްކާ މުޅި ދުނިޔެއަށް އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެފްރިކާގެ ސަރަހައްދުގައިި ފެތުރެމުން ދާ މަންކީ ޕޮކްސް (އެމް ޕޮކްސް) ގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތްކަމަށް ކަނޑައަޅަައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިއުލާނުކޮށްފި އެވެ.

ޑަބްލިޔުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރޭސަސް އިއުލާނު ކުރެއްވި ގޮތުގައި އެމްޕޮކްސް ބަލީގެ ހާލަތު މިހާރު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގަ އެވެ. އިމަޖެންސީ ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ފަހު ނިންމާފައި ވަނީ މި ބަލީގެ ނުރައްކަލަަށް ދުނިޔޭގެ ހުރިހާ ގައުމުތަކުން ވެސް ސަމާލު ވާން ޖެހޭ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ހެލްތް އިމަޖެންސީގައި ބުނެފައި ވަނީ އެފްރިކާގައި މި އަހަރު 14،000 އަށް ވުރެ ގިނަ މީހުންނަަށް ބަލި ޖެހި، 524 މީހުން މަރުވެފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ އަދަދުތަކަށްވުރެ އިތުރު އަދަދެއްކަމަަށް ހާމަކުރި އެވެ.

މިހާތަނަށް ބަލިޖެހިފައިވާ އަދި މަރުވާ މީހުންގެ 96 އިންސައްތަ އަށްވުރެ ގިނައީ ކޮންގޯގައެވެ. އަދި ޑަބްލިއުއެޗްއޯގެ ކަންބޮޑުވުމަކީ މީހުންގެ ތެރޭގައި ފަސޭހައިން  ބަލި ފެތުރި، އާ ވޭރިއޭޝަނެއް އުފެދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: