ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއާ އިންޑިއާގެ ގުޅުން ދާނީ ވަރުގަދަވަމުން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން ދާނީ ވަރުގަދަވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން އެކްސްގަ ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދުވަހުގެ ތަހުނީޔާ އިންޑިއާގެ ރައީސް އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަރިސްކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާއި ރާއްޖޭއާ ދެމެދުވީ ދުވަސްވީ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިތުރުން މި ސަރަހައްދަށް ވެސް ގިނަ ކުރިއެރުންތަކާ ތަރައްގީ ގެނަސްދެވިފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އެކު އޮތް ޕާޓްނަރޝިޕް ވަރުގަދަވަމުންދާއިރު ސަލާމަތާއި ތަރައްގީ އަދި ދެ ގައުމުގެ ސަގާފަތް ބަދަލުކުރުމުގައާއި އެއްބާރުލުން ދިނުމުގައި ދެ ގައުމު އިތުރަށް ގާތް ވަމުންދާ ކަމަށް ރައީސް ވަނީ ދާދިފަހުން ވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަކީ ދެ ގައުމުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށެވެ. މި މަޝްރޫއުތަކުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ލިބެމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އިޖުތިމާއީ އެކި ކަހަލަ މަޝްރޫއުތައް ހިންގުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބޭކަން ފާހަގަކުރައްވައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރެ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ޤައުމުކަމުގައި ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: