ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން މިނިސްޓަރު ބަޙްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައި މަނަމާއިން ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާނީއާ ގެ ދަޢުވަތަކަށް، ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ބަހްރައިންއަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުގައި ޒަމީރު ވަނީ ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސަލްމާން ބިން ޙަމަދު އަލް ޚަލީފާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާންއާ މިނިސްޓަރު ޒަމީރު ކުރެއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ބަޙްރައިނުގެ ފޮރިން މިނިސްޓަރަށް އެރުވިއެވެ.

މި ދަތުރުގައި، މިނިސްޓަރު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ، އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ޗެއަރމަން އޮފް ދަ ޓުއަރިޒަމް އެންޑް އެގްޒިބިޝަންއޮތޯރިޓީ، ފާތިމާ ބިންތު ޖަފަރު އަލް ސައިރާފީގެ އިތުރުން ބަހްރެއިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑާއި ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޒަމީރު ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުގައި މިނިސްޓަރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: