ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ޒޯނުތަކުން ގިނަ އަދަދެއްގެ އުޅަނދުތައް މާލެ އެތެރެކޮށްފަ އެބަ ތިބި: އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޖިސްޓްރީ ނުކޮށްތިބި ވެހިކަލްތަކާއި އެހެން ޒޯނުތަކުގެ އުޅަަނދުތައް ގިނަ އަދަދަކަށް މާލެއަށް އެތެރެކޮށްފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މާލޭގެ ޓްރެފިކް މައްސަލައާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި ނުގަވައިދުން ކަންތައްތަކެއް ކުރަމުން އައިސްފައިވުމުން ރައްޔިތުން ތިބީ އެކަންތައްތަކަށް އާދަވެފައިކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައިގެން ގިނަ އަދަދެއްގެ އެހެން ޒޯނުތަކަށް ނިސްބަތްވާ އުޅަނދުތަކާއި ރެޖިސްޓްރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލެ ސަރަހައްދަށް ވައްދާފައިވާކަމަށް ހިއްސާކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނު އޮތް ގޮތުން އެ އުޅަނދުތައް ރަޖިސްޓްރީ ނުކުރާކަމަށެވެ. އެހެންނަމަވެސް ކަންކަން ތަންފީޒުކުރަމުންދާނީ އެންމެނަށްވެސް ލުއިފަސޭހަތައް ލިބިގެންދާ ގޮތުގެ މަތިންކަމަށްވުމުން އެ އުޅަނދުތަކުގެ ވެރިންނަށް ގެއްލުންތައް ނުލިބޭނެ ގޮތަށް ހައްލެއް އިންތިޒާމުކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެޗްޑީސީއާއި ގުޅިގެން ބިމެއް ކަނޑައަޅައި އެ ވެހިކަލްތައް އެ ސަރަހައްދަށް ގެންދިއުމަށް 40 ދުވަސް ލިބިގެންދާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް އަމިއްލައަށް ގެންދިއުމުން ޓޯކުރުމުން ލިބޭ ގެއްލުންތައް ނުލިބޭނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މާލެ ހުޅުމާލޭގައި އެހެން ޒޯނެއްގައި ރަޖިސްޓްރީކޮށްގެން ގެނެސް ތިބި އުޅަނދުތައް ކަނޑައެޅޭ ސަރަހައްދަށް ގެންދަންޖެހޭނެކަަމަށެވެ. އަދި އެއަށްފަހު ހަމަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ފުރިހަމަ ކުރަންޖެހޭނެކަމަށާއި ނުވަތަ މާލެ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ގެންދަންޖެހޭނެކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުގެ ޕްލޭނަކީ އުސޫލުން ބޭރުން ކަންތައްތައް ކުރެވިފައިވާ ފަރާތްތަކަށްވެސް ޖާގަ ދެވޭތޯ ބެލުންކަމަށެވެ. އަދި ޓެކްސީގެ ހިދުމަތްތައް ދޭ މީހުންނަށްެވެސް ކުޑަ ވަގުތުކޮޅަކަށް ވިޔަސް ޕާކުކޮށްލެވޭނެ ފަދަ ތަންތަން ހަމަޖައްސަވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަ މާލެ ބުރިބުރިއަށް ހިއްލަން ހުއްދަދީ އެހާއުސްކޮށް ފުލެޓުހަދާ ކުއްޔަށްދޭ އިރު ހިތަކަށްނާރާދޯ މިތަންތާ އުޅޭމިޙުންގެ ވެސް އެއްޗެހިދުއްވުމުގެ ހައްގުވާކަން. އެހެންގައުމު ތަކުގަ އުސްތަންތަންހަދާއިރު ދުއްވާއެއްޗެހި ބެހެޓޭނެގޮތް ހަދާފަހުރޭ. މިމީހުން އޮފީހެއްއެޅިއަސް ފަހުން އެގެނީ މުއަޒަފުން ބެއިތިއްބޭވަރަށްވުރެތަން ކުޑަކަން. ފުލެޓަށް މީހުންވަނީމަ އެގެނީ ލިފުޓުމަދުކަން. ބުރިޖު ބޭނުންކުރަން ފެށީމަ އެގެނީ ފަރާތަކުން 1 ލޭނު މަދުކަން. ވާރޭވެހި މުޅިމާލެ ފެންބޮޑުވީމާ މިއެގުނީ އަދިވެސް މިހެދެނީ ގޯސްކޮއްކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: