ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނީ ޔޫ.ކޭ.ސީ.އޭގެ އިރުޝާދުތަކާ އެއްގޮތަށް: އަމީން

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފަށާނީ އިނގިރޭސިވިލާތުގެ ސިވިލް އެވިއޭޝަން (ޔޫ.ކޭ.ސީ.އޭ) ގެ އެސެސްމެންޓްތަކުން ލިބިފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެކި ވަޒީރުންނާއެކު ބޭއްވި އަހާ ފޯރަމްގައި މިނިސްޓަރު އަމީން ވިދާޅުވީ މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިން ރާއްޖޭގައި މި ހިދުމަތް ދެމުން އައި ނަމަވެސް އެ ދުވަސްވަރު ދިމާވި ހިތާމަވެރި ހާދިސާތަކަކަށްފަހު މި ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އެހެންކަމުން މިހާ ދިގު މުއްދަތަކަށްފަހު އަލުން މި ހިދުމަތް ފެށުމަށް ހަމައެކަނި ހެލިކޮޕްޓަރު އޮޕަރޭޓަރުންނަށް ވުރެ އިތުރަށް ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާރު މި ހިދުމަތް ފެށުމަށް ނިންމާފައިވަނީ ޔޫ.ކޭ.ސީ.އޭގެ އެސެސްމެންޓްތަކުގައި ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މި ހިދުމަތް ފެށުމުގެ އެންމެ މުހިންމު ބޭނުމަކީ ރަށްރަށުން ބަލިމީހުން އުފުލުން ނުވަތަ މެޑިކަލް އިވެކުއޭޝަންގެ ހިދުމަތް ދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ފުރަތަމަ ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމަށްފަހު، އަލުން ދެވަނަ ފަހަރަށްވެސް މިކަމަށް ހުޅުވާލާފައިވާ ކަމަށާއި، މިހާރު މަސައްކަތުގައި ހިފެދޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: