ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތަކަށް ބަދަލު ގެނައި ނަމަވެސް, ވަގުންވެސް ދަނީ އެޑްވާންސްވަމުން: ސައުދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތަކަށް ބަދަލު ގެނައި ނަމަވެސް، އެއަށްވުރެ ގާނޫނާއި ހިލާފުވާ މީހުން މާ އެޑްވާންސްކަމަށާއި، މިއީ ހުއްޓުވަން ޖެހިފައިވާ ކަމެއްކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކަށް ބަހުސްކުރަމުންނެވެ.

ސައުދުﷲ ވިދާޅުވީ އެކި ސިފަސިފައިގައި ހިނގާ ސްކޭމްތަކުގެ ސަބަބުން ރައްޔިތުން ގިނަ ތަކުލީފު އުފުލަންޖެހިފައިވާކަމަށާއި، އަދި އެގޮތަށް ހޯދާ ފައިސާ އެކިއެކި އެކައުންޓުތަކަށް އެކިއެކި ނަހަމަގޮތުގައި ބޭނުންކުރާކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ނުވެސް ދަންނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފަ ތިމަންނައަށް މިވެނި ކަމެއް ކޮށްދީބަލާށޭ، މި ފައިސާ ނަގާފައި މިވެނި ކަމެއް ކޮށްދީބަލާށޭ، މިވެނި މީހަކާ ހަވާލުކޮށްގެން އެތައް ކަމެއް އެބަކުރޭ.

ސައުދުﷲ ވިދާޅުވިއެވެ.

އެފަދަ ކަންކަން ހިންގާ އެކައުންޓުތައް ހޯލްޑުކުރެވިގެން އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ހޯދަން ޖެހިފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ވަގުން އެޑުވާންސްވަމުންދާކަމަށް ފާހަގަކޮށް މިއީ ހައްލު ގެންނަންޖެހޭ މައްސަލައެއްކަމަށް ސައުދުﷲ ވިދާޅުވިއެވެ. ގާނޫނުގެ ތެރެއިން ފުލުހުންނަށް ބޮޑު ބާރުތަކެއް ދޭއިރު، ފުލުހުންގެ ތެރެއިން މިކަމަށް ކިހާވަރެއްގެ އެއްބާރުލުމެއް ލިބޭނެތޯ ރައްޔިތުން ސުވާލު އުފައްދާކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނާއި ގުޅޭ މިފަދަ ކަންތައް ހުރޭތޯވެސް ރައްޔިތުން ސުވާލު އުފައްދަމުންދާކަމަށެވެ.

ސައުދުﷲ ވިދާޅުވީ ހަގީގަތުގައި ފުލުހުންނަށް އެބާރުތައް ލިބިއްޖެއްނަމަ ވަރަށް ގިނަ ބައެއްގެ ފައިސާ ރައްކާތެރިވެގެންދާނެކަމަށެވެ. ފުލުހުން ގޯހެއް ހަދައިފިނަމަ، ރެކިގެން ދިއުމުގެ ފުރުސަތު ފުލުހުންނަށް ނޯންނާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: