ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހަތް މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސިިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ހަތް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމށް އެދި މައްސަލަ ޕީޖީ އަށް ފޮނުވައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ތަހުގީގު ނިންމާ ތުހުމަތު ކުރެވޭ ހަތް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ހަމަލާ ދިނީ އެދުވަހުގެ ހެދުނުގެ ވަގުތެއްގައި، ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މީގެއިތުރުން ޝަމީމަށް ދިން ހަމަލާގެ ތަހުގީގު އަވަސް ކުރުމަށް ބައިނައްލަޢުވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާއިން މީގެކުރިން ވަނީ ގޮވާލާފައެވެ. އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓަރސްގެ ޖެނެރަލް ސެކްރެޓަރީ ރޯއެލް ޑޯނާ، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމަށް ފޮނުއްވި ސިޓީއެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ބަޔަކު ދިން ހަމަލާގެ މައްސަލައިގެ އެކަށީގެންވާ އަވަސް ތަޙުޤީޤެއް ހިންގައި، މިކަމުގައި ބައިވެރިވީ މީހުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް އެންމެހައި މުއައްސަސާތަކަށް ގޮވާލައްވާފައިވެއެވެ.

ޕްރޮސިކިއުޓަރުންގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްއާއި ޕްރޮސިކިއުޓަރުންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުން މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގައި ޕްރޮސިކިއުޓަރުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: