ރޭ ކުރި ވިއްސާރާގައި އުތުރުގެ 3 އަތޮޅަކަށް ގެއްލުން ލިބި، ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭއިން) ވިދާޅުވެއްޖެއެވެ.
އެންޑީއެމްއޭއިން ހިއްސާކޮށްފައިވާ މައުލޫމާތުން އުތުރުގެ ހއ، ހދ، ށ އަތޮޅަށް ބޯކޮށް ވިއްސާރަވެ، ގިނަ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.
އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރާގައި، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ހދ. ކުޅުދުފުށްޓަށެވެ. ހދ. ކުޅުދުފުށިން ޖުމްލަ 57 ގެ އަކަށް ވަނީ ގެއްލުން ލިބިފައެވެ. ވިއްސާރައިގެ ސަބަބުން ހއ. ހޯރަފުށީގެ 57 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށާއި ށ. ފީވަކުގެ 5 ގެއަކަށް އަދި ށ. ނޫމަރާގެ 5 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.

