ބުޅާ މަހުން ތައްޔާރުކުރި ކާބޯތަކެތި ވިއްކި ފިހާރަތައް ކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ދައުރު ކުރަމުން ގެންދަނީ ފޭކު ޕޯސްޓެއް ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.
ޝައްމާން ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ނަމުގައި ދައުރު ކުރަމުން ދަނީ ފޭކު ޕޯސްޓެއް ކަމަށެވެ. އިމިގްރޭޝަންގެ ނަމުގައި ކޮށްފައިވާ ޕޯސްޓްގައި ވަނީ ބަގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން، ބާގާ، ސަބްމެރިން، ހޮޓް ޑޯގް ފަދަ ކާބޯ ތަކެތި ތައްޔާރުކުރާއިރު ބުޅާމަސް އަޅާކަމަށް އެއްބަސް ވެފައިވާ ކަމަށެވެ.
އަދި އެތަކެތި ވިއްކާ ކަމަށް ލަފާކުރެވޭ 20 ފިހާރައެއްގެ ނަން ވަނީ ހިނަމައިފައެވެ. އެހެން ނަމަވެސް އިމިގްރޭޝަންއިން ވެސް ވަނީ މި މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށް ބުނެފައެވެ.
ބުޅާ މަހުން ކާތަކެތި ތައްޔާރުކޮށް، ވިއްކާ ކަމަށް ބުނާ ބިދޭސީ މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަން ފުލުހުން އިއްޔެގެ ވަގުތެެއްގައި ވަނީ ހާމަކޮށްފައެވެ. އަދި ފުލުހުން ވިދާޅުވެފައިވާނީ އެ މައްސަލައިގައި ތުހުމަތު ކުރަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިންގެ މައްޗަށް ކަމަށެވެ. އެހެންކަމުން އޭނާ މިހާރު ހުރީ ބަންދުގައި ފުލުހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

