ފަސް ރަށެއްގައި އައިސް ޕްލާންޓް އެޅުމަށްޓަކައި ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފިއެވެ.
އެ ވުޒާރާއިން ކުރި ޢިއުލާނުގައި ވަނީ ސަޢޫދީ ފަންޑުގެ އެހީގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ އަދި ގދ. ރަތަފަންދޫގައި އަޅަން ހަމަޖެހިފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓްތައް ކަމަށެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން އަނބުރާ ނުލިބޭގޮތަށް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް އިއުލާނުގައި ވެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 250,000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އިންޓަނޭޝަނަލް ބިޑިންގ އުސޫލުންނެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހެވެ. ސަޢޫދީ ފަންޑުގެ އެހީގައި 11 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ.

