ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނޮލޮޖީ ބޭނުންކޮށްގެން، ރާއްޖޭގެ ތަޢުލީމް ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގައި ބޭއްވުނު މި ބައްދަލުވުމަކީ ދިވެހިރާއްޖޭގައި ’ސްމާޓް ލާރނިންގ“ ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭ، ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިއުޓްގެ ވައިސް ޑީން އަދި ކުރީގެ ކޮމަންވެލްތް ޕްރެޒިޑެންޓްގެ އިތުރުން ޕްރޮފެސަރ އަޝާ ސ. ކަންވަރް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަހުގެ 16 ވަނަ ދުވަހު، އެކަމަނާ ފެއްޓެވި މި ދަތުރުފުޅަކީ، ބެއިޖިން ނޯމަލް ޔުނިވާސިޓީ އަދި ޔުނެސްކޯގެ ދަޢުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެކެވެ.

މިނިސްޓަރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަކީ ބޭރުގެ އެކި ޔުނިވާސިޓީތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮއްދިނުމާއި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވުޒާރާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: