ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ބިން ދޫކުރީ ވަގުތީ ގޮތުން، ޕާކިން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް: ފަޒުލް

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު --- - ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޖިސްޓްރީ ކުރުމެއް ނެތި، މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދުއްވާ ވެހިކަލްތައް ގަވައިދަށް ފައްތަން ވަކި މުއްދަތެއް ދީ އެ އުޅަނދުތައް ވަކި މުއްދަތެއް ވަންދެން ޕާކް ކުރެވޭގޮތަށް ބިން ދޫކުރީ ވަގުތީ ގޮތުންކަމަށް އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވެއްޖެއެވެ.

މާލޭގެ ސަރަހައްދުގައި ރެޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތައް، ގަވައިދަށް ފެއްތުމަށް ޖާގަ ދިނުމަށް ނިންމައި ސަރުކާރުން ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ބިމެއް ހަމަޖައްސާފަ އެވެ. ފޭސް ދޭއްގެ ބްރިޖާއި ޖެހިގެން އޮތް މި ހުސް ބިން އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައި ވަނީ 40 ދުވަހަށެވެ.

އެމްއޭސީއެލް ފްލެޓު ކުރިމަތީ އޮތް 40،000 އަކަފޫޓުގެ މި ބިމާއި ހަވާލުވެވަޑައިގެންފައި ވަނީ ޓާރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީނެވެ.

މި ބިމުގައި 200 އެއްހާ ވެހިކަލް ޕާކު ކުރެވޭނެކަމަށް ލަފާ ކުރެވެ އެވެ. އަދި ބުދަ ދުވަހުން ފެށިގެން ބިން ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައި މީޑިއާތަކަށް މިނިސްޓަރ އަމީން ވިދާޅުވީ މިއީ ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ވެހިކަލްތަކަށް ދޭ އެހީއެއް ނުވަތަ އެއްބާރުލުމެއް ނޫންކަމަށާއި ބޭނުން ވަނީ ޒަމާނުސުއްރެ ފެށިގެން ހައްލު ނުވެ އޮތް މައްސަލައެއް ހައްލު ކުރުމަށް ވަގުތު ދޭންކަމަށެވެ. އެގޮތުން ސަރުކާރާއި އެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް، ހުޅުމާލޭގައި ވަގުތީ ބިމެއް ހަމަޖެހިގެން ދިޔައީކަން ފާހަގަކުރެއްވި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފަޒުލް ވިދާޅުވީ، ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރޭގައި ޕާކިން ބިލްޑިން ހިމެނޭކަމަށެވެ.

ފަނަރަ ވަރަކަށް ޕާކިން ސްލޮޓުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ… ތަފާތު އެކި ސައިޒުތަކުގެ މީގައި އަޅުގަނޑުމެން، މިނިސްޓަރުގެ އެއްބާރުލުމާއި އެކު އަޅުގަނޑުމެންނަށް ކުރިޔަށް އޮތްތަނުގައި އެ ތަންތަނަށް އެ ވެހިކަލްތައް ރެޖިސްޓްރީ ކުރެވި ދާއިމީކޮށް ޕާކު ކުރާނެ ޖާގަ ފަހިވެގެން ދާނެ..

ފަޒުލް ވިދާޅުވީ އެކަމަށް އިއުލާނު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް، ކުންފުނިން ކުރަމުންދާކަމަށެވެ.

މީގެއިތުރުން މާލޭގެ ސަރަހައްދުގައި ގާނޫނާއި ގަވައިދާއި ހިލާފަށް ބޭނުން ކުރަމުންދާ ވެހިކަލް ހުރިއިރު، އަމީން ވިދާޅުވީ މި މައްސަލަ ބޮޑުވީ އެކަމަށް ފުރުސަތު ކުރިން ދެވިފައި އޮތުމުން ކަމަށެވެ. އަދި ގިނަ ބަޔަކަށް އޮތީ ގާނޫނުން ބޭރުން، ގަވައިދާއި ހިލާފު އަމަލުތައް ހިންގުމަށް އާންމުކަމަކަށްވެފައިކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތެއް ވަންދެން އެފަދަ ގޮތަކަށް ގަވައިދާ ހިލާފަށް އުޅެފައިވާތީ ވަގުތުން ވަގުތަށް އަޅާ ފިޔަވަޅުން ނަތީޖާ ނެރެވެން ނެތްކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމަށް ވަގުތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން މިނިސްޓްރީއައި އެޗްޑީސީ މަޝްވަރާތަކެއް ކުރީކަމަށް އަމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: