ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ ހިންގާ ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމަށް، ކައުންސިލް ވެސް ތާއީދު

ބަންޑާރަ ނައިބު އަހުމަދު އުޝާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުން ރެގިއުލޭޓު ކުރާ ބާކައުންސިލްގެ ހިންގާ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ގާނޫނީފަންނުގެ ގާނޫނުގައި އޮތް މާއްދާ އުނި ކުރުމަށް ހުށަހެޅި އިސްލާހު ރަނގަޅުކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގެ ބޭނުމަކީ ބަންޑާރަ ނައިބަކީ މަގާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްކަމުގައި ބަޔާން ކުރާ މާއްދާ ބަދަލުކޮށް ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމިޓި އެކުލެވިގެން ވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ރައީސަކާއި، ނައިބު ރައީސެއް އަދި މެމްބަރުންގެ މައްޗަށްކަމަށް ހަމަޖެއްސުމެވެ. އަދި އެ ބިލުގައި ވަނީ އިސްލާހު ގެނައުމުގެ ބޭނުމަކީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޡީމުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުންކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާއި އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، ގާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ މާއްދާގައި ބުނާ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރަންވާނީ 6 ގާނޫނީ ވަކީލުންކަމަށް ބުނާ އަދަދު 7 އަށް ބަދަލު ކުރުން ހިމެނެ އެވެ.

ބިލު ދިރާސާ ކުރީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު އެ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖު ވިދާޅުވީ އެ އިސްލާހަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށެވެ.

ބާ ކައުންސިލުން ބަންޑާރަ ނައިބު އުނި ކުރުމަކުން، ނުވަތަ ހުންނެވުމުން އަންނަ އެއްވެސް ބަދަލެއް ނެތްކަމަށް މެމްބަރުން މަޖިލިސް ތަޅުމުގައި ވިދާޅުވެފައި ވެއެވެ. އަދި އެކަން ފާހަގަކޮށް ކޮމިޓީގައި ކުރި ސުވާލަށް އޭނާ ވިދާޅުވީ އެއީ އެ މެމްބަރެއްގެ ސީދާ ވިސްނުން ނުވަތަ ރައުޔު ހާމަކުރަން ދަތިވާ ސަބަބެއް ކަމަށެވެ. ސިރާޖު ވިދާޅުވީ ކައުންސިލްގެ މެމްބަރުން ގަބޫލު ކުރަނީ، ބަންޑާރަ ނައިބު ހުންނެވުމުން ނުވަތަ ބައްދަލުވުމެއްގައި ބައިވެރިވުމުން މިނިވަންކަން ކޮމްޕްރޮމައިޒްވެ ދާކަމަށެވެ.

މީގެއިތުރުން ދެވަނަ މައްސަލައެއްގެ ގޮތުން ސިރާޖު ފާހަގަކުރީ، އޭޖީއަކީ ދައުލަތުގެ ބަންޑާރަ ނައިބަށްވެފައި ކައުންސިލްގެ މަސައްކަތްތަކަށް ވަގުތު ދިނުމަށް ދަތިވުމެވެ. އެއީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހުރި ގޮތުން ދިމާވާ މައްސަލައަކަށް ވާތީ، ހާޒިރީގައި ދަތިތަކެއް ހުންނަކަމަށް އޭނާ ވިދާޅުވި އެވެ.

ބާ ކައުންސިލްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުުމުގެ ހުއްދަ ދީ، ވަކީލުންގެ މަސައްކަތްތަކާ ގުޅޭ ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ހިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްދާކަން ކަށަވަރުކުރުމެވެ.

ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އެ ކޮމެޓީގެ ރައީސްކަމަށް އިންތިޚާބުކުރާ މީހަކަށް 1 ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: