ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ސީއީއޯކަމުން ޒިޔާދު ވަކިކޮށް، އެ މަގާމަށް ސައުދީ

އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔާދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު އެ މަގާމުން ވަކިކޮފިއެވެ.

މީގެ ކުރީ އެކި ވެރިކަންތަކުގައިވެސް އެކި މަގާމުތައް ފުރުއްވާފައިވާ ޒިޔާދު އެމްޓީސީއިން ވަކިކޮށް، މިހާރު ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރީގެ މަގާމަކަށް ބަދަލު ކުރަައްވަފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ގައި އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އައްޔަނުކުރުމުގެ ކުރިންވެސް އޭނާ ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ.

ޒިޔާދު މަގާމުން ވަކި ކުރެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޒިޔާދު ހުންނެވި މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ މިއަދު ވަނީ ހަމަޖައްސަވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މަގާމެއްގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު ފުލުހުންގެ އިދާރާ ހިންގުންވެސް ސައުދީއާ ހަވާލު ކުރެއްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރަކަށް އައްޔަން ކުރައްވައިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: