ދޮގު ޚަބަރުތައް ފަތުރާ، ތުއްތުދަރިފުޅުގެ މުޅި ތަޢުލީމީ ޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށްވައްޓާލާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އޭނާގެ ދަރިފުޅާއިމެދު ޢަމަލުކުރި ގޮތަކާމެދު ހިތްހަމަނުޖެހިގެން އެ ސްކޫލުގައި މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޓީޗަރެއް ޑީޕޯޓްކުރަން މަސައްކަތްކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދެކެވެމުންދާ ވާހަކައަކާއި ގުޅިގެންނެވެ.
ސައީދު ވިދާޅުވީ އޭނާއާއި ގުޅިގެން ސިޔާސީ ގޮތުން ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ފިލާތިބެ ބަޔަކު ޒާތީވެ ތުއްތު ދަރިފުޅުގެ މުޅި ތަޢުލީމީ ހަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައިފިކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު މިކަން ސިފަ ކުރެއްވީ ނާތަހުޒީބީ އަބަލެއްގެ ގޮތުގައެވެ.

