ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޗްއިން ރާއްޖޭގެ ރޭޓިން ”ސީސީ“ އަށް ބަދަލުކޮށްފި

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ކްރެޑިޓް ރޭޓިންގ ފާމް ”ފިޗް“ އިން ރާއްޖެއަށް ދީފައިވާ ރޭޓިންގ ”ސީސީސީ“ އިން ”ސީސީ“ ގްރޭޑިންގ އަށް ބަދަލުކޮށްފި އެވެ.

މިކަން ހާމަކޮށް، ”ފިޗް“ އިން ނެރުނު މައުލޫމާތުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ މެއި މަހު 492 މިލިއަން ޑޮލަރުގައި ހުރި ރާއްޖޭގެ ޖުމްލަ ބޭރު ފައިސާގެ ރިޒާވް، މިއަހަރުގެ ޖުލައި މަހު ގާތްގަނޑަކަށް 20 އިންސައްތަ ދަށަށް ގޮސް 395 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ.

އެރިޕޯޓްގައި ރާއްޖޭ ބޭރުގެ ދަރަނި ހުރި މިންވަރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ޖުމްލަ ބޭރުގެ ދަރަނި 2025 ވަނަ އަހަރު 557 މިލިއަން ޑޮލަރަށް އިތުރުވެ އެ އަދަދު 1 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކެއްވެސް ހިމެނެއެވެ.

ރާއްޖޭގެ އެތެރޭގެ ދަރަނި ބޮޑުވެފައިވާ ސަބަބުތައް ކަމަށް ފިޗުން ގާބޫލުކުރާ ސަބަބުތަކުގެ ތެރޭގައި، ސަރުކާރުގެ މަޝްރޫޢުތަކަށް ކުރާ ހޭދަ މަތިވުމާއި، ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ތަކެތި އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައި އޮތުމާއި އެކaމުގެ ސަބަބުން ޑޮލަރަށް ޑިމާންޑު ބޮޑުވުން ފާހާގަކޮށްފައިވެއެވެ.

ފިޗްގެ ރިޕޯޓްގައި މިހާރުގެ މާލީ ހާލަތު ބަދަލުކުރުމަށް ރާއްޖެއަށް ކުރެވިދާނެ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ސްޓްރެޓެޖިކް ބައިލޭޓަރަލް ޕާރޓްނަރުންނާއި އެކު ކަރަންސީ ސްވޮޕް އެރޭންޖްމަންޓްސް ހެދުމަކީވެސް ބޭރުގެ މާލީއެހީ ރާއްޖެއަށް ލިބުމަށް މަގުފަހިވާނެ ކަމެއްކަމަށް ބުނެފައިވެއެވެ. ހަމައެޔާއެކު އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ފިސްކަލް ސްޓްރެޓަޖީއެއް އެކުލަވައިލާ ތަންފީޒުކުރުމުން، ބޭރުގެ މާލީ އެހީ ލިބުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްފައި ވެއެވެ.

”ފިޗް“އިން މިގޮތަށް ބުނި އިރު، މި މަސައްކަތްތައް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. މިގޮތުން، މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީ އެކަށައަޅައި މަޖިލީހަށް ހުށައަޅައި ތަންފީޒުކުރަން ފަށާފައިވެއެވެ. މީގެ އިތުރުން، އިންޑިއާ އަދި ޗައިނާއަށް އަދަކުރަންހުރި ލޯނުތައް ރޯލްއޯވަރކޮށްދެމުންދާކަންވެސް ހާމަކޮށްފައިވެއެވެ. މި މަސައްކަތްތަކާއެކު މި ހާލަތުން އަރައިގަނެވި، ޒަމާނުއްސުރެން ހައްލުކުރަންޖެހި ނަމަވެސް ހައްލެއް ނުލިބިވާ ނިޒާމީ އެތައް މައްސަލަތަކެއް ހައްލުވުމުގެ ލުއިކަން ލިބިގެންދާނެކަން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: