ސޯސަން މަގުގައި ހުރިކެފޭއެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ހ. ދޫހިމެރި ގޭގައެވެ. އެކަމުގެ ރިޕޯޓު ލިބުނީ މެންދުރު 2:40 ހާއިރު ރިޕޯޓުކަމަށް ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން އަދި ސާފެއް ނުވެއެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހަައްދަށް ވަރަށް ބޮޑަށް ދުންގަނޑު ވަނީ ފެތުރިފައެވެ. އެމްއެންޑީއެފްއިން ދަނީ އަލިފާން ގަނޑު ނިންވާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

