ހުޅުމާލެ ފޭސް 2ގައި ކެރޭނެއް ފުރޮޅާލައިފައިވާކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާޅެ ފޭސް ދޭއްްގައި ކެރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ލިިބިފައިވާ ކަަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޓަވަރުތަކާއި ދޭތެރޭގައެވެ. މި ހާދިސާގައި ކެރޭނަށް ވަނީ ގެއްލުންތަކެއް ވެފައެވެ. އެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލެ އަދި ހުޅުމާލޭގައި އެކި މަސައްކަތްތަކުގެ ތެރެއިން މަދުން ނަމަވެސް ކެރޭނު ފުރޮޅާލުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އޭގެތެރެއިން ބައެއް ހާދިސާތަކުގައި މީހުންނަށް އަނިޔާވެ އިމާރާތްތަކަށް ގެއްލުންވެފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.

