ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން: ޑރ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާކަމަށެވެ. އަދި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯދައިދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމާމުންނަށް އިތުރު ތަމްރީން ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯދާފައިވާއިރު 20 އިމާމުން ވަނީ އިތުރު ތަމްރީނަށް ބުރޫނާޢީއަށް ދަތުރުކޮށްފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމުންނަށް ރަނގަޅު ތަމްރީން ދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެގޮތުން މިހާތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައިވާކަމަށާއި މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވާލެއްވޭނެކެމަށެވެ.

މިގޮތަށް ތަމްރީނު ހޯދުމަށް ބޭރަށްދާ އިމާމުންގެ އަމިއްލަ އަތުން ބޮޑޫ ހަރަދުތަކެއް ކުރަން ޖެހޭކަމުގެ ކަންބޮޑުވުން އިމާމުންގެ މެދުގައި އެބަހުރިކަމަށް ފާހަގަކޮށް ނޫސްވެރިއަކު ސުވާލުކުރުމުން ވަޒީރު ވިދާޅުވީ، މިއީ ދިވެހި ދައުލަތުން ހަރަދުކޮށްގެން ކުރާކަމެއްގެ ގޮތުގައި ހެދުމަށް ވަރަށް ބޭނުންވާކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުރިއަށްދާން ޖެހިފައިވަނީ މިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކާއިއެކުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބޭނުންވާ ގޮތަށް ކަންކަން ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ.

މި ފުރުސަތުތައް ގައުމުތަކުގެ ހޯދުމާއި، ބޭރުގެ އެކި ޔުނިވާސިޓީތަކުން ސްޕޮންސަރ ހޯދުމަކީވެސް ވަރަށް ބޮޑުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކޮމޮޑޭޝަންއަށްވެސް ހަރަދުތަކެއް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެ ފުރުސަތުތަކަށް ހުޅުވާލަނީ ގާބިލު މީހުންނަށްކަމަށް ފާހަގަކުރެއްވިއެވެ. މިފަދަ އެއްވެސް ޝަކުވާއެއް މިނިސްޓަރާއި ހަމައަށް ނާންނަކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މިނިސްޓްރީއަށް މި ފުރުސަތުތަކަށްޓަކައި ޝުކުރު އަދާ ކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މިފަދަ ފުރުސަތުތައް އިމާމުންނަށް، ދައުލަތުގެ ހަރަދުގަިއ ހޯދައިދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: