ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ދިރިއުޅެމުން އަންނަ 4 ތަނެއް ބަލައި 16 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ 4 ތަނެއް ބަލައި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ރާއްޖޭގައި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީން ބައިތިއްބަނީ އާއްމު ސަލާމަތަށް ނުރައްކާ ނުވާނެ ތަންތަނުގައި ކަން އެމްޕްލޮޔަރުން ކަށަވަރުކުރަންޖެހޭ ކަމަށް ކޮންޓްރޯލަރ އޮފް އިމިގުރޭޝަން މުޙައްމަދު ޝަމްޢާންވަނީ ބުނެފައެވެ. އެގޮތުގެ މަތިން މިހާރު ބިދެސީން ދިރިއުޅެމުންދާ ތަންތަން އިމިގްރޭޝަނުން އަންނަނީ ބަލަމުންނެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި ވަނީ މާލޭގެ މާފަންނުގައި ހުންނަ 04 ގެއެއް ބަލައި ފާސްކޮށްފައިއެވެ.

ބަލައިފާސްކުރި ބައެއް ތަންތަނަކީ ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަންތަންކަން ވަނީ ފާހަގަކުރައްވައިފައެވެ. އެހެން ކަމުން ޤަވައިދާ ޙިލާފަށް އެ ތަންތަނުގައި އުޅެމުން ދިޔަ 16 ބިދޭސިއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންނަށް ރާއްޖޭގެ ބައެއް ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ވަނީ ދީފައެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ޝެޝަނެއް ވަނީ 13 ސެޕްޓެންބަރ 2024 ގައި ކުރިއަށް ގެންގޮސް ފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: