ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ބޭނުންކުރަނީ ދަރިވަރުންނަށް އިސްކަން ދީގެން، ލޯނުތަކަށް ފައިސާ ހަމަޖެހޭނެ: މާރިޔާ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ ދަތިކަން ހުރި ނަމަވެސް، ޑޮލަރު ބޭނުންކުރުމުގައި ދަރިވަރުންނަށް އިސްކަންދެއްވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މީގެ ކުރީގައި ދަރިވަރުންނަށް ފައިސާ ދޫކުރުގައި ޑޮލަރުގެ ދަތިކަމާއި ހެދި އުނދަގޫތަކެއް ކުރިމަތިވެފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވާތީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މިކަމާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އަދިވެސް މި ދަތިކަން އެބައޮތްތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ޑޮލަރުގެ ދަތިކަން އޮތް ނަމަވެސް، މިކަމުގެ ސަބަބުން ދަރިވަރުންނަށް އެއްވެސް ދައްޗެއް ނުވާނެކަމަށެވެ. ޑޮލަރު ބޭނުންކުރުމުގައި ދަރިވަރުންނަށް އިސްކަން ދީފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސެޕްޓެމްބަރ އަދި އޮކްޓޯބަރުގައި ކޯސްތަކާއި ގުޅޭ ދަރިވަރުންނަށް ފައިސާ ހަމަނުޖެހިފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރުމުން މިނިސްޓަރު ވިދާޅުވީ، މިހާރު އެ މަސައްކަތްތައް ދާނީ ކުރެވެމުންކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ފައިސާ ދޫކުރުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ ލަސްތަކެއް ހުރެދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފާހަގަކުރެއްވީ ފުރިހަމައަށް ބައެއް ތަކެތި ހަމަނުވެ ހުރުމުގެ ސަބަބުން، ލިޔެކިޔުންތައް ޕްރޮސެސް ކުރުމުގައި ހުންނަ ބައެއް ދަތިތަކެެވެ. މަސައްކަތް ކުރަމުންދާނީ ޑޮލަރުން ދަރިވަރުންނަށް ފައިސާ ދޫކުރުމަށްކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އާ ސެމިސްޓަރއެއް ފެށޭއިރު، މި ހުރިހާ ލިޔެކިއުމެއް އަލުން ހުށައަޅަން ޖެހޭނެކަމަށާއި، ޔުނިވާސިޓީގައި ކިޔަވާކަމުގެ ލިޔުންވެސް އިދާރީ ބޭނުމަށް ހުށައަޅަން ޖެހޭނެކަމަށެވެ. ލަސްތަކެއް ދިމާވި ނަމަވެސް، އެއްވެސް ކަމަކަށް ހުއްޓުމެއް ނޫނީ އުނިކަމެއް ގެނައުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: