ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ ނަމުގައި ފަޅެއް ހިއްކާނަން: ޝިމާދު

އެސްޓީއޯގެ އެމްޑީ ޝިމާދު: ފޮޓޯ/ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރުގެ ތެރޭގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ ލޯނު އެހީގެ ދަށުން އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ ނަމުގައި ފަޅެއް ހިއްކުމަށް ކަނޑައެޅިފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރވ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބަންކަރިންގް ހިދުމަތްތައް ފެށުމަށްޓަކައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ، ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ފުޅާކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައި ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބަރޯސާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށްކަމަށްވުމާއި އެކު، އެހެން ދާއިރާތަކުން ވެސް ރާއްޖެއަށް ފައިސާ ވަންނާނެ މަގު ހޯދުމަށް ރަައީސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝިމާދު ވިދާޅުވި އެވެ،

ސަރުކާރުން މޯލްޑިވްސް ޢިންޑަސްޓްރިއަލް ޑިވެލޮޕްމެންޓު ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައި ރާއްޖޭގެ އިގްތިސާދުގައި ހިއްސާވާ ބޮޑެތި ކުންފުނިތަކަށް އެ ކުންފުނީގެ ދަށުން ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް ޝިމާދު ވިދާޅުވި އެވެ. އެގޮތުން އެސްޓީއޯއާއި އެމްޕީއެލް އަދި އެޗްޑީސީގެ އިތުރުން އެމްޓީސީސީގެ އިތުރުން އެމްއޭސީއެލް ފަދަ ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭކަމަށް ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ، ފްރީޒޯން ކުންފުނިން އެންމެ ފުރަތަމަ ބައިވެރިވި އެއް ޕްރޮޖެކްޓަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުކަމަށާއި އެ ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ އިންޓަރނޭޝަނަލް ބަންކަރިންގް ހިދުމަތްކަމަށެވެ.

މީގެއިތުރުން ކުރިޔަށް ރޭވިފައި ހުރި ބައެއް ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ދެއްވައި ޝިމާދު ވިދާޅުވީ މި އަހަރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޗައިނާ ސަރުކާރުން ދޭ ލޯނު އެހީއެއްގެ ދަށުން މޭވާއާއި ތަރުކާރީގެ އިތުރުން އެއްގަމު މަހަށް ކުރާ ހޭދަތައް ކުޑަކުރުމަށްޓަކައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންގެ ނަމުގައި ފަޅެއް ހިއްކައިގެން ދަނޑުގޮވާން ކުރުމުގެ މަސައްކަތް އިފްތިތާހު ކުރެވޭނެ ކަމަށެވެ.

މިއީ ރާއްޖެއިން ބޭރު ފައިސާ އެންމެ ބޮޑަށް ހަރަދުކުރާ އެއް ދާއިރާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: