ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ސީޕުޑް ހަބެއް ގާއިމުކުރަން ވިސްނަން: ވަޖީހު

އެމްޕީއެލްގެ ސީއީއޯ ވަޖީހު: ފޮޓޯ/ އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ބައިނަލްއަގުވާމީ ސީފުޑް ހަބެއް ގާއިމުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ބަންކަރިންގެ ހިދުމަތްތައް ފެށުމުގެ ގޮތުން ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި އެއްގޮތަށް އެ ކުންފުނިން ދަނީ ވަށާ ޖެހޭ ގޮތެއްގެ މަތިން މަސައްކަތްތައް ކުރަމުންކަމަށެވެ. އެގޮތުން މާލެ ކޮމާޝަލް ހާބަރުގެ މައްސަލަތައް ހައްލުކުރުމަށް ތަން ތިލަފުށްޓަށް ބަދަލުކުރާނެކަމަށާއި ރާވާފައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ 2027 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، ލ. އަތޮޅުގައި މެރިޓައިމް މަސައްކަތް ކުރުމަށް އިއުލާނުކޮށް އެކަމުގެ މަސައްކަތްތައް ކުރިޔަށް ދާކަމަށެވެ. ރާއްޖޭގެ އެންމެ ދެކުނުން އައްޑޫއަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވާކަން ހާމަކުރައްވައި ވަޖީހު ވިދާޅުވީ ޕޯޓަށް ކޯލްކުރާ ވެސަލްތަކެއް ނުދާނަމަ ޕޯޓެއް ހުރުމުގެ ބޭނުމެއް ނެތްކަމަށެވެ.

ހއ. ކުޅުދުއްފުށި ޕޯޓަށް 19 އަހަރު ފުރިގެން ދިޔައިރު، ތަން ހިންގަން ޖެހިފައި ވަނީ ގެއްލުމުގައި އެމްޕީއެލް ބޮޑެތި ހަރަދުތައްކޮށްގެންކަމަށް ވަޖީހު ވިދާޅުވު އެވެ. ވިޔަފާރިއެއްގެ ބޭނުމަކީ ފައިދާ ނެރުންކަމަށްވުމާއި އެކު އެ މަގު ހޯދުމަށް މި ސަރުކާރުން އައްޑޫ ޕޯޓު ހިމެނޭހެން ފައިދާވާނެ ގިތެއް ހޯއްދަވާނެކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، ހަމައެކަނި ވަކި ކަމެއް ކޮށްގެން ނަފާ ހޯދުމަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި ކުރެވެން ހުރީ ކޮންކޮން ކަންތައްތަކެއް ތޯވެސް ބެލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ވަކި ގޮތަކަށް މަސްވެރިކަން ކުރަމުންދާތާ އެތައް ޒަމާނެއް ވެއްޖެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ރިސޯޓަކަށް ބޭނުންވާ ސީފުޑް އިމްޕޯޓުކުރަމުންދާކަމަށާއި ސަރުކާރުން މިހާރު ގެންގުޅެމުންދަނީ އައްޑޫގައި އިންޓަރނޭޝަނަލް ސީފުޑް ހަބެއް ގާއިމުކުރުމަށްކަމަށް ހިއްސާކުރެއްވިއެވެ.

މި ވިސްނުން އައިސްފައި ވަނީ ވަޖީހު ވިދާޅުވިގޮތުގައި ކަމާއި ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ދިރާސާއިން މި ސަރަހައްދުގައި އެފަދަ ހަބެއް ގާއިމުކުރަން އެންމެ ރަނގަޅީ އައްޑޫގެ ހިތަދޫ ސަރަހައްދުކަމަށް ދެއްކުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: