ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން އައިސްފި

ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ތަފާސް ހިސާބުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިއަން ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއީ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް، މި މަހު ރާއްޖެއަށް 71،524 ފަތުރުވެރިން ޒިޔާރާތްކުރިއެވެ. މިދިޔަ އަަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 69،631 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. މިހާ ހިސާބަށް ޗައިނާއިން 209،025 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. 2 ވަނައިގައި އޮތް ރަޝިޔާއިން 155،372 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، 3 ވަނައިގައި އޮތް އިނގިރޭސިވިލާތުން 122،462 ފަތުރުވެރިން ޒިޔާރާތް ކުރިއެވެ. އިޓަލީއިން 104،427 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ފަސް ވަނައިގައި ޖަރުމަނު އޮތީ ޖަރުމަނެވެ. ޖަރުމަނުން ޒިޔާރާތްކުރީ 101،080 ފަތުރުވެރިން ޒިޔާރާތް ކުރިއެވެ.

ރާއްޖެއަށް މިހާރު ދުވާލަކު 4،207 ފަތުރުވެރިން އަންނަ ކަަމަށް ދައްކާއިރު، މި ފަތުރުވެރިން ރާއްޖޭގައި އެވްރޭޖްކޮށް 7.8 ދުވަސް މަޑު ކުރާ ކަމަށް ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: