މާލޭގައި ގަވާއިދާހިލާފަށް އުޅެމުން ދިޔަ ފަސް ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިއަ ތަނެއް ރޭގެ ވަގުތެއްގައި ވަނީ ބަލައި ފާސްކޮށްފައިވާކަމަށެވެ.
އިމިގްރޭޝަނުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި އިސްކޮށް މަސައްކަތް ކުރަނީ އިމިގްރޭޝަނުންނެވެ. މި މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ހިންގަމުންދާއިރު، އެތައް ބައެއްގެ ތައުރީފްވެސް ލިބެމުން ދެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީން އަތުލައިގެނެ، ޑީޕޯޓް ކޮށްލާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

