ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއިއެކު: ރައީސް

ރައީސް މުއިއްޒު އާއި ފަލަސްތީނުގެ ރައީސް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއިއެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް އާއި ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކާއި ބައްދަލުކުރައްވައި ރައީސް ޑރ މުއިއްޒުވަނީ ދިވެހިރާއްޖެއާއި ފަލަސްތީނުގެ ދެމެދު އޮންނަ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާއި އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށާއި އެ ގައުމުގެ ރައީސް މަހްމޫދް އައްބާސް އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައިވެސް މި ކަންކަމާއި މެދު މަޝްވަރާކުރެއްވިކަމަށެވެ.

ރައީސް ވިދާޅުވީ، އެ ގައުމުގެ މިނިވަންކަމުގެ ހައްގާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އަދި ރާއްޖެއިން އެ ގައުމުގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ހުރިހާ އެއްބާރުލުމެއްވެސް ލިބޭނެކަން ހިއްސާކުރެއްވިކަމަށާއި އެ ގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ މައްޗަށްވެސް އަލިއެޅުއްވިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ފަލަސްތީނަށާއި އެ ގައުމުގެ ރައްޔިތުންނަށް އެއްބާރުލުން ދެމުން އައިސްފައިވާކަމަށެވެ. އަދި ރާއްޖެއަށް ފޯރުވެން އޮތް ކޮންމެ ގޮތެއްގައިވެސް އެހީތެރިކަން ދީފައިވާނެކަމަށާއި މިހާރުވެސް ދެމުން އަންނަ އިރު ކުރިއަށް އޮތް ތާނގައިވެސް ދިވެހިން ތިބޭނީ ފަލަސްތީނަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. ރައީސް ވިދާޅުވީ، މިކަމާއި ހިޔާލު ތަފާތު އެއްވެސް ބަޔަކު ރާއްޖޭގައި ނޫޅޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: